މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ އޮޑިޓު ރިޕޯޓުތަކުގައި އޮޑިޓަރުން ފާހަގަކުރާ ކަންތައްތަކާ މެދު އިސްލާހީ ފިޔަވަޅު އަޅާ މިންވަރާއި, އިސްލާހުކުރަން ދީފައިވާ ލަފަޔަށް އަމަލުކުރެވިފައިވާ މިންވަރު ބެލުމަށް އޮޑިޓާ ޖެނެރަލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމިޓީން މި ގޮތަށް ކަންކަން ކުރަން އަންގަން ނިންމީ ކަސްޓަމްސްގެ އަށް އަހަރުގެ އޮޑިޓު ރިޕޯޓުތައް ދިރާސާކުރުމަށް ފަހުގަ އެވެ. އެ ކޮމިޓީން ދިރާސާކުރީ 2012 އިން ފެށިގެން 2019 އާ ހަމައަށް އޮޑިޓާ ޖެނެރަލް އޮފީހުން ހަދާފައި ހުރި އެ ކަސްޓަމްސްގެ އޮޑިޓު ރިޕޯޓުތަކެވެ.
ކަސްޓަމްސްގެ އޮޑިޓުތަކުގެ ތެރެއިން މައްސަލަތައް ހުރި ކަމަށް ފާހަގަކޮށް، އެ ކަންކަން އިސްލާހުކުރަން އޮޑިޓަރުން ލަފާ ދީފައި ވަނީ ހަތް އަހަރެއްގެ ރިޕޯޓުގަ އެވެ. މައްސަލައެއް ނެތް ކަމަށް އޮތީ 2016 އާއި 2018 ގެ ރިޕޯޓުގަ އެވެ.
އެ ނޫން އަހަރުތަކުގެ އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކުރި މައްސަލަތަކުގެ ތެރެއިން މާލިއްޔަތު ކޮމިޓީން އިތުރަށް ބެލި މައްސަލަތަކަކީ:
މި މައްސަލަތައް ބެލުމަށް ފަހު، މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ފާސްކުރީ އޮޑިޓުތަކުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުރި ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަސްޓަމްސްގެ އުސޫލުތައް ބައްޓަން ކުރުމަށެވެ.
އޭގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަ ކުރުމަށާއި، ރާއްޖޭން ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް އިމްޕޯޓުކޮށްފައި ހުރި މުދަލަށް ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް ދޫކުރުމުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނުލިބިވާ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށާއި، އެ ފައިސާ ހޯދުމުގެ ކަންކަން ހިނގަމުންދާ ގޮތް މަޖިލީހާ ހިއްސާކުރުމަށް އަންގަން ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
ކަސްޓަމްސްގެ އޮޑިޓުތަކުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާ މިންވަރު ބަލަން އަންގަނީ ކަސްޓަމްސްގެ އޮޑިޓުތަކުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާ މިންވަރު ބަލަން އަންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ