ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބަލިޖެހުމުގެ ކުރިން އަޅާލުމުގެ ނިޒާމް މުޅި ރާއްޖޭގައި ފެށުމަށްޓަކައި މިދިޔަ އަހަރު ފަސް އަތޮޅެއްގައި ކަމާ ގުޅޭ ތަމްރީނުތައް ހިންގާފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގުރާމް އިފްތިތާހުކުރެވި، މި ޕްރޮގުރާމްގެ ތެރެއިން ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމަކުން ގުޅޭލެވޭ ވިއުގައަކުން ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތު ބެލެހެއްޓި އޭގެ ސަބަބުން ބަލިތަކުން ދުރުހެލިވެ ތިބުމަށްޓަކައި އެއަށް ބޭނުންވާ މައުލޫމާތު ހޯދުމާއި ބަލިވުމުގެ ކުރިން އެ ލިބެންޖެހޭ ފަރުވާތައް ލިބިގެންދާނެ ކަމަށެވެ.
ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން ދައުލަތަށް އިތުރަށް ލިބޭ ފައިސާ ބޭނުންކުރާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ކުރަން ޖެހޭ ހަރަދުތަކަށް ހޭދަކުރުމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުވުމަށް ބޭނުންވާ ފަރުވާ ރާއްޖޭގެ ހުރިހާ ހެލްތު ފެސިލިޓީތަކަކުން މިހާރު ލިބިގެންދާއިރު އެފަދަ ފަރާތްތަކަށް އެހީވުމަށް 24 ގަޑިއިރު ހިދުމަތްލިބޭ “ހެލްޕް ލައިން”އެއް ގާއިމުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ މީހަކަށް ހިލޭ މެޑިކަލްޗެކަޕްއެއް ހެދޭނެ ގޮތް ހަމަޖައްސަވާފައިވާއިރު، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދަން ޖެހޭ ޓެސްޓުތައް ކުރިއާލައި ހެދުމަކީ، އެބައްޔަށް ފަރުވާ ހޯދަން ފަސޭހަވެގެންދާނެ ކަމެއްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ޓެސްޓްތަކަށް ޚަރަދުކުރެވޭނީ ޕްރިވެންޓިވް ކެއާގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމަވާފައިވާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޕީސީބީ ގެ ރައީސްގެ މަގާމުން ހަމްދީ ވަކިކޮށްފި މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ފެބްރުއަރީ 20 ގެ ކުރިން ދޭން ޖެހޭނެ – ފިނޭންސް ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ މައުލޫމާތު އާންމުކޮށްފި މަކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ