ސިނގިރޭޓުގެ އަގު ކުޑަ ކުރާ ގޮތަށް އިމްޕޯޓު/އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ސިނގިރޭޓް ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 8ރ.ގެ ބަދަލުގައި 4ރ.އަށް ހެދުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މިދިޔަ ހަފްތާގަ އެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.
ތަފްސީލް - ގާނޫނަށް ގެނައި އިސްލާހުގައި ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީ 4ރ.އަށް ހަދަން ވަނީ ހިމަނައިފަ އެވެ. އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ސިނގިރޭޓު ޑިޔުޓީގެ ގޮތުގައި މިހާރު ނަގަނީ 8ރ. އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ދެން ސިނގިރޭޓް ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 130ރ.އަށް ކުޑަވާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އިއްޔެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
މިހާރު ސިނގިރޭޓް ފޮއްޓެއްގެ އަގު އުޅެނީ 230ރ. އިން މަތީގަ އެވެ. ސިނގިރޭޓް ޑިއުޓީ ބޮޑު ކުރުމުގެ ކުރިން ކުރިން ފޮއްޓެއްގެ އަގު ހުރީ ގާތްގަނޑަކަށް 100ރ. އަށެވެ.
ފަސް މަންޒަރު - މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް:
ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއް ފަހުން މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރާކަން ހާމަކުރައްވައިފައި؛ އަދި މިކަން ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެސް ލަފާ އެގޮތަށް ލިބިގެން ކަމަށް އޭނާ ވިދާޅުވި
މިދިޔަ ހޯމަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މިއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް
ސިނގިރޭޓުގެ އަގު ކުޑަކުރާ އިސްލާހު ތަސްދީގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ