ހިލޭ ދަތުރުކުރެވޭ ކާޑެއް ކަމަށް ބުނެ، އެމްޓީސީސީގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީގެ އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ސްކީމެއް ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުކޮށްފަ އެވެ.
އަނެއްކާ ވެސް އެފަދަ ޕޯސްޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.
ތަފްސީލް - އެމްޓީސީސީ އިން ބުނީ، 'މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު'ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ސްމާޓް ކާޑެއް ޕްރޮމޯޓު ކުރަމުންދާ ކަމަށާއި 35.58ރ.ގެ ފީއެއް ދެއްކުމުން އާރުޓީއެލް ބަސްތަކުގައި ހަ މަހަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ.
އެ ޕޭޖަކީ އެމްޓީސީސީ އާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި އެ ޕޭޖުން ޕްރޮމޯޓު ކުރާ ކަންކަމަކީ އަދި ހިންގާ ހަރަކާތްތަކަކީ ވެސް އެ ކުންފުންޏާ އެއްވެސް ގުޅުމެެއް އޮތް ކަންތައްތަކެއް ނޫން ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
މިއީ މި ފްރޯޑު އާންމުވި ދެވަނަ ފަހަރުކަން ވެސް އެކުންފުނިން ފާހަގަކުރި އެވެ.
އެ ކުންފުނިން ބުނީ ކަސްޓަމަރުންނާ ގުޅުން ހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާ ނަމަ ނުވަތަ ކުރިއަށް ގެންދާ ނަމަ އެ މައުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށެވެ.
އާރުޓީއެލްގެ ނަމުގައި އަނެއްކާ ވެސް ސްކޭމެއް ހިންގަނީ، ސަމާލުވާން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ