ޣައްޒާގެ ރައްޔިތުންނަށް އުޟްޙިޔާ ސަދަގާތްކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީ އާއި ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އުޟްހިޔާ ސަދަގާތްކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އުޟްހިޔާ ކަތިލުމަށްފަހު، ޣައްޒާއަށް އެތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ނުބައި ނުވާނޭހެން ދަޅުގައި ބަންދުކުރުމަށްފަހުގައެވެ.
މިކަމާ ގުޅިގެން އުރީދޫއިން ބުނީ އުރީދޫއިން ބުނެފައިވަނީ ދަޅެއް ހަދިޔާކުރުމަށް ނިންމާފައިވަނީ 162 ރުފިޔާގެ މަގުންކަމަށެވެ.
ދަޅެއް ހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްފައިސާ މެދުވެރިކޮށް ހަދިޔާކުރެވޭނެ ކަމަށް އުރީދޫން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީ އިން ދަނީ ކޮންމެ އަހަރަކުވެސް އެކި ފަރާތްތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ