އެމްއެންޑީއެފް ބޭންޑްގެ ހާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި

އީދާ ގުޅޫވައިގެން އެމްއެންޑީއެފް ބޭންޑްގެ ހާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން އެކްސް ގައި ހިއްސާކުރި ޕޯސްްޓުގަައި ބުނެފައިވަނީ، މި ހަރަކާތް އޮންނާނީ މިރޭ 21:00 އިން 22:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ބޮޑުޢީދު ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން "ޢީދު ހަވީރު 1446" ގެ ނަމުގައި މި އީދުގައި މާލޭގައި ހިންގަމުން އަންނަ ހަރަކާތަށްވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އީދު ހަވީރު ކުރިއަށްގެންދަނީ އެމްއެންޑީއެފާއެކު ސަރުކާރު ހިއްސަވާ ކުންފުނިތަކާއި މުއައްސަސާތައްވެސް ގުޅިގެންނެވެ.
އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން ފޮޓޯ:އެމްއެންޑީއެފް
އީދު ހަވީރު ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ ހަރަކާތްތަކަށް ކުދިވެރިންގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް އީދު ފާހަގަކުރުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކަށް އާއްމުންގެ ބޮޑު ޝައުގުވެރިކަމެއް ލިބެއެވެ. އެގޮތުން އެމްއެންޑީއެފް ބޭންޑު ހަރަކާތަކީ އީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ އެއް ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ