އައްޑޫގައި ބާއްވާ އުރީދޫ ފަން ރަން 2025އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15ގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.
ތަފްސީލް - މިއީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ހިތްގައިމު މަޖާ އަދި އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެ، ގުޅުން ބަދަހިކުރެވޭނެ 5 ކިލޯމީޓަރުގެ ދުވުމެކެވެ.
އުރީދޫން ބުނި ގޮތުގައި، އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ބައިވެރިންނަށް ދެ ކިޓެއް ހިޔާރު ކުރެވޭނެ. އެއީ:
ސްޓޭންޑާޑް ކިޓްސް - 210ރ.؛ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް
ފަން ކިޓްސް - 110ރ.؛ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ
އުރީދޫން ބުނި ގޮތުގައި، 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، އުރީދޫން ބުނި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން:
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ނުވަތަ ޖޮގްކޮށްފައި ނުވަތަ ދުވެފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމޭނެ
އުރީދޫ ފަން ރަންގައި މި މަހު 15ގެ ނިޔަލަށް ބައިވެރިވެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ