ޖުމްލަ 34 ކިލޯގެ މަސް ބާނައި، ހަނީބަނީ މަސް ރޭހުގެ ޗެމްޕިއަންކަން 'ފުޅަނގި'ން ހޯދައިފި

ބ. ދަރަވަންދޫ މަގޭ އީދު 1446ގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ، ހަނީބަނީ މަސް ރޭހުގެ ޗެމްޕިއަންކަން، ޖުމްލަ 34 ކިލޯގެ މަސް ބޭނި ޓީމް ފުޅަނގިން ހޯދައިފިއެވެ. ޖުމްލަ ނުވަ ޓީމަކުން ބައިވެރިވި ހަނީބަނީ މަސް ރޭހަކީ ދަރަވަންދޫގެ ހަނީބަނީ ރެސްޓޯރެންޓުގެ އެހީތެރިކަމާއެކު އެ ރަށު ކައުންސިލުން ކުރިއަށްގެންދިޔަ މަސްރޭހެކެވެ. އެ މުބާރާތުގެ އެއްވަނަ ފުޅަނގިން ހޯދީ، 34 ކިލޯގެ މަހަށް ޖުމްލަ 349.5 ޕޮއިންޓު ހޯދައިގެންނެވެ. އެއާއެކު އެ ޓީމަށް އިނާމެއްގެ ގޮތުން 15،000 ރުފިޔާ ވަނީ ލިބިފައެވެ. އެ މުބާރާތުގެ ދެވަނަ ޓީމަށް ކަނޑައަޅާފައިވާ 8,000 ރުފިޔާ ހޯދައިފައިވަނީ ޓީމް ޗިލް ބްރޯސް ރޮޑްޒްއިންނެވެ. އެ ޓީމަށް 348.85 ޕޮއިންޓު ލިބިފައިވެއެވެ. އަދި ތިންވަނަ ޓީމަށް ކަނޑައަޅާފައިވާ 5000 ރުފިޔާގެ ފައިސާގެ އިނާމް ހާސިލްކޮށްފައިވަނީ ޖުމްލަ 326.2 ޕޮއިންޓު ހޯދައި ޓީމް ސަވަދީއިންނެވެ. ހަނީބަނީ މަސް ރޭހުގެ ދެވަނަ އަދި އެންމެ ބޮޑު މަސް ބޭނި ޓީމް، ޓީމް 'ޗިލް ބްރޯސް ރޮޑްޒް' -- ސަން ފޮޓޯ މި މުބާރާތުގެ އެންމެ ބަރު މަސް ބާނައި އެމަހަށް ކަނޑައަޅާފައިވާ 2،000 ރުފިޔާގެ އިނާމު ހާސިލްކޮށްފައިވަނީ ޗިލް ބްރޯސް ރޮޑްޒްގެ ޓީމުންނެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވަނީ، މި އަންނަ އަހަރުގެ މަސްރޭހުގެ އަގު 50،000 ރުފިޔާއަށް އަރާނެކަން އިއުލާނުކުރައްވައިފައެވެ. ހަނީބަނީ މަސް ރޭހުގެ ތިން ވަނަ ޓީމް، ޓީމް 'ސަވަދީ' -- ސަން ފޮޓޯ ހަނީބަނީއިން ވަނީ މި އަންނަ އަހަރުގެ މަސް ރޭސް ވެސް ސްޕޮންސާ ކޮށްދެއްވާފައި. މި އަންނަ އަހަރުގެ މަސްރޭހުގެ ޖުމްލަ އަގަކީ 50،000 ރުފިޔާ. މި އަންނަ އަހަރުގެ މަސް ރޭސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސްރޭހެއްގެ ގޮތުގައި ކުރިއށްގެންދިއުމަށް ހަމަޖެހިފައިވާކަން އަޅުގަނޑު އިއުލާނުކޮށްލަން. ކައުންސިލްގެ ރައީސް އަލީ ސަމީހު ހަނީބަނީ މަސް ރޭހުގެ ގަވާއިދުތަކަށް ބަލާއިރު: ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން ހަތަރު މެމްބަރުން ތިބެން ޖެހޭނެ މި މުބާރާތުގައި ދެ ޖިންސުގެ މީހުންނާއި ކުދިންނަށް ބައިވެރި ވެވޭނެ 16 އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ، އެ ކުއްޖަކާ ހަވާލުވެގެން ހުންނަ މީހަކު ކައުންސިލަށް އަންގަން ޖެހޭނެ ކޮންމެ އުޅަނދަކަށް އޮފިޝަލަކު އިންތިޒާމުކުރާ ފަރާތުން އަރުވަން ޖެހޭނެ ކޮންމެ ޓީމަކަށް ނަމެއް އޮންނަން ވާނެ ކޮންމެ ޓީމެއް ވެސް ތިބެންވާނީ އެ ޓީމަކަށް ޚާއްސަ ޓީޝާޓެއްގައި ޓީމު ލިސްޓު ހުށަހަޅާއިރު، މެމްބަރުންގެ ނަން އެނގެން އޮންނަން ވާނެ މަސްރޭހުގައި ބައިވެރިކުރާ އުޅަނދާއި އާލާތްތައް ހަމަޖައްސާނީ ޓީމުގެ ފަރާތުން ދަރަވަންދޫ ކައުންސިލުން ބުނީ މި މުބާރާތުގެ މަގުސަދަކީ ރަށަށް ޒިޔާރާތްކުރާ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސްވެރިކަމަށް ލޯބި ޖެއްސުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ