އެއީ ޢުމުރުން 22 އަހަރުގެ އަންހެން ކުއްޖެކެވެ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަވަނީ ނިޔާވެފައެވެ. މަންމަ ވަރަށް ބޮޑަށް ބަލިވުމުން ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތިގެން ކިޔެވުން މެދުކަނޑައިލުމަށްފަހު ރެސްޓޯރަންޓަކުން ވެއިޓަރެއްގެ ވަޒީފާ ހޯދައިގެން މަސައްކަތްކުރަންފެށީއެވެ.
އެއްދުވަހަކު ދިމާވިގޮތަކުން ކަސްޓަމަރަކަށް އަވަހަށް ޚިދުމަތްކުރަން އުޅެންހަދައިގެން އޭނާގެ މޭޒުމަތީގައި ފޯނުބާއްވާފައި ދެވުނު ވަޤުތަކު ފޯނު ރިންގުވުމުން އެމީހާ ފޯނުނެގިއެވެ. ދެއްކި ވާހަކަ އަޑުއެހިއެވެ. މަންމަ ދަރިފުޅަށް މަންމަގެ އެވަޤުތުގެ ޙާލަތު ކިޔައިދިނީއެވެ.
އެކުއްޖާ އެނބުރި އައިސް އޭނާގެ ފޯނު ދުށިންތޯ ސުވާލުކުރުމުން ފޯނު ދީފައި އޭނާގެ ފޯނަށް ގުޅައިލުމަށް ބުނުމުން އެކުއްޖާ ގުޅައިލިއެވެ. ކައިނިމިގެން ބިލްދައްކާފައި އެހެން ކަސްޓަމަރުން ފަދައިން އެމިހާ ނުކުމެގެން ދިއައީއެވެ. އެއްވެސް ކަމެއް އެނގުނު ކަމަކަށްވެސް ނުހަދައެވެ.
އެރޭ އެކުއްޖާއަށް ގުޅާފައި ބުންޏެވެ. "މާދަމާ މަންމް ބޭނުން ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްލާފައި އަންގައިލާށެވެ! މަންމަގެ ހުރިހާ ޚަރަދެއް ކުރާނަމެވެ. ކޮއްކޮއަށް ކިޔަވައިވެސްދޭނަމެވެ."
10 އަހަރު ފަހެވެ. މިއަދު އެކުއްޖާއަކީ ސިޓީގެ އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. އަހަރެއްހައި ދުވަސް ފަހުން އޭނާ އަދާކުރާނީ ވަޒިފާއެއް ނޫނެވެ. އޭނާ ހިންގާނީ އޭނާއަށް އެމީހާ އަޅައިދޭ ނާރސިންގހޯމްއެވެ. ކުޑަ ހޮސްޕިޓަލެކެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މައިންނަށް އަޅައިލަން ދަރިންނަށް ހިތްވަރުދިނުމަށެވެ. އެކަމުން ލައްވަވާނެ ރަޙުމަތުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެކަމަށް ބުނުމަށެވެ.
- މިއަދުނޫސް
ޢިބްރަތްތެރި ވާހަކަ: މަންމައަށް ބޭސްކުރެވޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓާލައި ވަޒީފާއަށް ނުކުތުމުން މަންމައަށް ބޭސްކުރެވި، ޑޮކްޓަރަކަށްވެވި އަމިއްލަ ހޮސްޕިޓަލެއް ލިބުނު ގޮތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ