ނޭޕާލް އަންހެނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތްކުރަނީ! ޝަންގްރީލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މިނިސްޓަރު ތާރިގްއާ ބައްދަލުކޮށްފި އައްޑޫ ސިޓީއިން ވަކިވުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ފެށިގެން ކުރިއަށް! ދޯހާ މެރެތަނ

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:-
އެ މީހުން އަތުލައިގަތީ ކޮލަމާފުއްޓަށް މަސްތުވާކަތަކެތި އެތެރެކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި، ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، އެ މީހުން ބަލައި، ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އޭގެތެރެއިން އެކަކުގެ ހަށިގަނޑު ބަލައި، ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިން ކޮޅު ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހާޒިމް 12 ދުވަހަށް ބަންދުކުރުމަށާއި ބާކީ ތިން މީހުން ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ