ދިރާގު ރޯޑް ރޭހަށް ބޮޑު ތަރުހީބެއް، 4500 މީހުން ބައިވެރިވި! ދިރާގު ރޯޑް ރޭހަށް ބޮޑު ތަރުހީބެއް، 4500 މީހުން ބައިވެރިވި!

މި އަހަރުގެ ދިރާގު ރޯޑް ރޭހަށް ބޮޑު ތަރުހީބެއް ލިބި، 45،00 މީހުން އެ ދުވުމުގައި ބައިވެރިވެއްޖެ އެވެ.
ދިރާގުން މި އަހަރުގެ ރޯޑް ރޭސް ބޭއްވީ އިއްޔެ ހުޅުމާލޭގަ އެވެ. ތިން ވަގުތެއްގައި ރޯޑް ރޭސް ދިރާގުން ކުރިއަށް ގެންދިޔައީ ތިން ކެޓެގެރީއަކަށް ބަހާލައިގެންނެވެ.
ދިރާގު ރޯޑް ރޭހުގެ ހާފް މެރެތަން ކުރިއަށް ގެންދިޔައީ އިއްޔެ ރޭ ދަންވަރު 2:30 ގަ އެވެ. 10 ކިލޯމީޓަރު ދުވުން އިއްޔެ ރޭ ފަތިހު 5:30 ގައި ކުރިއަށް ގެންދިޔައިރު، ފަސް ކިލޯމީޓަރު ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު 4:30 ގަ އެވެ.
މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދުވުންތެރިންނާއި އެކި އުމުރުފުރާތަކުގެ ދިވެހީން ބައިވެރިވި އެވެ.
ދިރާގުން މިއަހަރުގެ ރޯޑް ރޭހުގައި އެންޑޯޒްކޮށްފައިވާ ޖަމިއްޔާގެ ތެރެއިން ދުވުމުގައި ބައިވެރިވި އެންމެ ގިނަ މީހުން އެންޑޯޒްކުރި ފަސް ޖަމިއްޔާއަށް އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީއެއްގެ ގޮތުގައި 200،000ރ. ދިރާގުން ދިނެވެ.
އަދި ދިރާގު ރޯޑް ރޭހުގެ ބިބް ނަންބަރު ވިއްކައިގެންނާއި ކޮންމެ ބައިވެރިއެއްގެ އަތުން ރެޖިސްޓްރޭޝަންގެ ގޮތުގައި ނެގި 100ރ. އެ ޖަމިއްޔާތަކުގެ މެދުގައި ހަމަހަމައަށް ދިރާގުން ބެއްސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ