ތަކެތީގެ އަގު ބޮޑުކުރަނީ ސިޔާސީ ބޭނުމެެއްގައި، ދެން ފުރުސަތެއް ނުދޭނަން: ރައީސް

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ  ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ކާމިޔާބު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުސަތު ނުދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން އެސްޓީއޯއިން ތަރުކާރީއާ މޭވާ އަދި ބައެއް އެހެން ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ނިންމި ނިންމުން ފާހަގަ ކުރެއްވި އެެވެ. ރައީސް ވިދާޅުވީ އެކަމުގެ ހެޔޮ މަންފާ ރައްޔިތުންނަށް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ