އައިފޯން 17 ޕްރޯ މެކްސްގެ އޮރެންޖް ކުލަ ވިކި ހުސްވެއްޖެ

އެޕަލްއިން އެންމެފަހުން ނެރުނު އައިފޯން 17 ސީރީޒްގެ ފޯނުތަކަށް، ޚާއްސަގޮތެއްގައި އައިފޯން 17 ޕްރޯ މެކްސް އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ސީރީޒްގައި އައިފޯން 17، 17 ޕްރޯ، އައިފޯން އެއާ އަދި 17 ޕްރޯ މެކްސް ހިމެނެއެވެ. ސެޕްޓެމްބަރު 19 ގައި ވިއްކަން ފެށުމުގެ ކުރިން، އިންޑިއާ ހިމެނޭ ގޮތަށް ހޮވާފައިވާ ބާޒާރުތަކުގައި މިހާރު ވަނީ ޕްރީ-އޯޑަރަށް ހުޅުވާލާފައެވެ. މި ފޯނުތަކަށް ލިބެމުންދާ ޑިމާންޑް އައިފޯން 16 ސީރީޒަށް ވުރެ މާ ބޮޑުކަން ވަނީ ފާހަގަވެފައެވެ. ޚާއްސަގޮތެއްގައި އެމެރިކާ އަދި އިންޑިއާގައި އައިފޯން 17 ޕްރޯ މެކްސްގެ "ކޮސްމިކް އޮރެންޖް" ވެރިއެންޓް ވަނީ އާދަޔާ ޚިލާފަށް މަގުބޫލުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރީ-އޯޑަރަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭގައި މި ވެރިއެންޓް ވަނީ ވިކި ހުސް ވެފައެވެ. އަދި އިންޑިއާގައި އައިފޯން 17 ޕްރޯ މެކްސްގެ ހުރިހާ މޮޑެލްތަކެއް ވަނީ މިހާރު އިން-ސްޓޯ ޕްރީ-އޯޑަރަށް ނުލިބޭ ގޮތަށް ވެފައެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީ.ޓީ.އައި) ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އައިފޯން 17 ޕްރޯ މެކްސްގެ ކޮސްމިކް އޮރެންޖް ކުލައިގެ ފޯނަށް ލިބިފައިވާ ބޮޑު ޑިމާންޑްގެ ސަބަބުން، އެމެރިކާ އަދި އިންޑިއާގައި އިން-ސްޓޯ ޕިކަޕް ރިޒަވޭޝަންތައް ވަނީ ހުސްވެފައެވެ. މިއީ މިހާރު ކުރިމަތިވެފައިވާ ސްޓޮކް ދަތިކަމެއްގެ ސަބަބުންނެވެ. https://sun.mv/211269 އެޕަލްގެ ޚާއްސަ އެއް މާހިރަކު ވިދާޅުވެފައިވާ ގޮތުން، ޕްރީ-އޯޑަރުގެ އަދަދު ބޮޑުވުމުގެ ސަބަބުން އައިފޯން 17 ޕްރޯ މެކްސްގެ ކޮސްމިކް އޮރެންޖް ކުލައިގެ ހުރިހާ ސްޓޯރޭޖް ވެރިއެންޓްތަކެއް ވަނީ ވިކި ހުސް ވެފައެވެ. ނަމަވެސް "ޑީޕް ބްލޫ" ކުލައިގެ ބައެއް މޮޑެލްތައް ބައެއް ފިހާރަތަކުން އަދިވެސް ލިބެން ހުރިކަމަށް އެ މާހިރު ވިދާޅުވިއެވެ. އަދި އޮރެންޖް މޮޑެލް އަލުން ސްޓޮކް ކުރުމަށް ބެކެންޑް ޓީމުން ގަދައަޅާ މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ފޯނުތައް ސިލްވާ ކުލައިން ވެސް ލިބެން ހުރެއެވެ. އެޕަލް އިންޑިއާގެ ވެބްސައިޓުގައިވާ ގޮތުން، އައިފޯން 17 ޕްރޯ މެކްސްގެ ހުރިހާ މޮޑެލްތަކެއް ވަނީ މިހާރު އިން-ސްޓޯ ޕްރީ-އޯޑަރަށް ނުލިބޭ ގޮތަށް ވެފައެވެ. މީގެ އިތުރުން އައިފޯން 17 ޕްރޯ މެކްސް އަދި އައިފޯން 17 ޕްރޯ ފޯނުތަކުގެ ކޮސްމިކް އޮރެންޖް ވެރިއެންޓް ވެސް އިންޑިއާގައި ޕިކަޕް ޕްރީ-އޯޑަރަށް ލިސްޓުކޮށްފައެއް ނުވެއެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ސެޕްޓެމްބަރު 19 ގައި ފިހާރަތަކުން އައިފޯން 17 ސީރީޒްގެ މަދު އަދަދެއްގެ ފޯނުތައް ލިބެން ހުންނާނެ ކަމަށާއި، އެއީ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ ދޫކުރުމުގެ އުސޫލުން ކަމަށެވެ. އެޕަލްއިން އައިފޯން 17 ސީރީޒް، އެޕަލް ވޮޗް ސީރީޒް 11، ވޮޗް އަލްޓްރާ 3، ވޮޗް އެސް.އީ 3 އަދި އެއާޕޮޑްސް ޕްރޯ 3 އަށް ޕްރީ-އޯޑަރު ބަލައިގަންނަން ފަށާފައިވަނީ ސެޕްޓެމްބަރު 12 ގައެވެ. އެހެން ރިޕޯޓަކުން އިންޑިއާގައި އައިފޯން 17 ސީރީޒް އަދި އައިފޯން އެއާގެ ސްޕްލައި މަދުވާނެކަމުގެ އިންޒާރު ދީފައިވެއެވެ. މީގެ ސަބަބަކީ އެޕަލްގެ ރިޓެއިލް ނެޓްވޯކް ބޮޑުވަމުންދާކަމާއި، ފުރަތަމަ އުފައްދާ ފޯނުތަކުގައި ބޭސް މޮޑެލްތަކަށް އިސްކަންދިނުމެވެ. ޚާއްސަގޮތެއްގައި އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޔުނިޓްތައް ވަރަށް މަދުކަމަށް ވެއެވެ. 500 ފޯނުގެ ޝިޕްމަންޓެއްގައި ޕްރޯ މޮޑެލްގެ ގާތްގަނޑަކަށް 50 ފޯނު ހިމެނެއެވެ. މަތީ ކެޕޭސިޓީގެ ވާޝަންތައް ލިބުން ދަތިކަމަށް ވެއެވެ. އަދި އެޕަލްގެ ވެބްސައިޓުން ދައްކާ ގޮތުން ފޯނު ޑެލިވަރީ ލަސްވެ، ސެޕްޓެމްބަރުގެ ފަހުކޮޅުން އޮކްޓޯބަރުގެ ކުރީކޮޅަށް ދެމިގެންދާނެއެވެ. މީގެ އަސަރު ބޭސް އައިފޯން 17 އަދި އައިފޯން އެއާ މޮޑެލްތަކަށް ވެސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ