ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު 28.78 މިލިއަން ރުފިޔާއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ބައްލަވައިގެންފައިވާކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ފަލާހު، ބިމުގެ ވެރިފަރާތާ އެކު ކުރެއްވި މުއާމަލާތުގެ ސައްހަކަން ކަށަވަރުކޮށް ބިމުގެ ރަޖިސްޓްރީ ބަދަލުކުރަން ސިވިލް ކޯޓަށް މިދިޔަ މަހު 3ގައި ހުށަހެޅުއްވި މައްސަލާގައި މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ތަފްސީލް - ފަލާހުގެ ނަމަށް ބިމުގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާ އެ ހުކުމުން އެނގޭ ގޮތުގައި:
ބިން ގަންނަން ބިމުގެ އަގަށް ދެއްކެވީ 26.7 މިލިއަން ރުފިޔާ
ޖީއެސްޓީގެ ގޮތުގައި ދެއްކެވީ 2.1 މިލިއަން ރުފިޔާ
ޖުމުލަ އަގަކީ 28.8 މިލިއަން ރުފިޔާ
އެ ބިމަކީ 3،250 އަކަފޫޓުގެ ބިމެއް
ފާހަގަކޮށްލެވޭ - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ މިލްކުގައި އުފަން ރަށް އިންނަމާދޫގައި ތިން ބިމެއް އަދި ވެރިރަށް މާލޭގައި ވެސް ބިމެއް އޮވެ އެވެ.
މ. އަސުރުކުރި؛ އެ ބިން ގަތީ 4 މިލިއަން ރުފިޔާ އަށް 2017 ވަނަ އަހަރު
ފަލަކު/ރ. އިންނަމާދޫ
ފަތް/ ރ. އިންނަމާދޫ
އަސުރު ހިޔާ/ރ. އިންނަމާދޫ
މިކަން ނޫސްތަކުގައި ރިޕޯޓްކުރުމުން ފަލާހު ވަނީ ހުޅުމާލޭން ވެސް ބިމެއް ގަންނަން އުޅޭކަން އެކްސްގައި ލިއުއްވާފައިވެ އެވެ. އަދި އިންނަމާދޫން އިތުރު ތިން ބިން ގަތް ވާހަަކަ ވެސް ލިއުއްވާފައިވެ އެވެ.
"ވަރަށް ބެލިން މި ފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއްނުވި. މިވާހަކަތައް މިހާ ކުރިން ހިއްސާ މި ކޮށްލީ ފަހަރެއްގައި ﷲގެ ރަހްމަތްފުޅުން ދުނިޔޭގައި ހުރެ އަންނަ އަހަރު މާލީ ބަޔާން ނެރޭއިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯހު ވެގެން ކަނޑަށް ވެޓިދާނެތީ،" ފަލާހު މި މަހު 3 ވަނަ ދުވަހު ކުރެއްވި ޕޯސްޓްގައިވެ އެވެ.
-
ފަލާހު ހުޅުމާލޭން 28.8 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ