ކާތިކްގެ 'ނާގްޒިއްލާ' ސިލްސިލާ ފިލްމެއް ގޮތަށް އުފައްދާނެކަން އިއުލާނުކޮށްފި

ބޮލީވުޑް އެކްޓަރު ކާތިކް އާރްޔަންގެ އާ ފިލްމު "ނާގްޒިއްލާ" އަކީ ސިލްސިލާ ފިލްމެއްގެ ގޮތުގައި ދިގު ދެމިގެންދާނެ ފިލްމެއް ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ. ކާތިކް ހަރުފައެއްގެ ރޯލްއިން ފެންނާނެ މި ފިލްމުގެ ހުރިހާ ފިލްމުތަކުން ވެސް ލީޑް އެކްޓަރެއްގެ ރޯލްއިން ކާތިކް ފެންނާނެ ކަމަށާއި އެ ރޯލް ހާއްސަ ވާނީ ވެސް ހަމައެކަނި އެކްޓަރަށް ކަމަށް ކަރަން ވަނީ ބުނެފައެވެ. ކަރަން އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި ކާތިކްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކަރަން އިތުރަށް ބުނިގޮތުގައި ފުރަތަމަ ފިލްމު ލޯންޗުކުރުމާ އެކު އެ ސިލްސިލާގެ ދެވަނަ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާ ފެށުމަށް ވަނީ ރާވާފައެވެ. ފިލްމުގެ ލީޑް ރޯލްއިން ކާތިކް ފެންނާނެކަން ކަށަވަރުކޮށްދެމުން ކަރަން ބުނީ ކުރިއަށްހުރި ފިލްމުތަކުގެ އެހެން ތަރިން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ފިލްމު "ނާގްޒިއްލާ"ގެ ސެޓުގައި އެކްޓަރު ކާތިކް އާރިއަން--ފޮޓޯ/ފިލްމުފެއަ ދަރުމާ ޕްރޮޑަކްޝަންއަށް ކާތިކް ކުޅެދޭ "ނާގްޒިއްލާ" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 14ގައެވެ. މިއީ ދަރުމާއަށް ކާތިކް ކުޅެދޭ ދެ ވަނަ ފިލްމެވެ. ކާތިކް ދަރުމާއަށް ކުޅެދޭ ފުރަތަމަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ. ކާތިކްއާ އެކު މި ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ އަނަނިޔާ ޕާންޑޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ