މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ހުށަހަޅައިފި މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ހުށަހަޅައިފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވާ ކަމަށެވެ. ބިލު ހުށަހެޅީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާންމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އައްޑޫގެ މިސްކިތަކަށާއި މާލޭގެ ތޮއިބާ މިސްކިތަށް މި ފަހުން ވަނީ ހަމަލާ ދީފަ އެވެ. ތޮއިބާ މިސްކިތަށް ގެއްލުން ދިން މީހާއަކީ ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުންދިޔަ މީހެކެވެ.
އޭގެ އިތުރުން މިދިޔަ އަހަރު، މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުންތަކެއް ދިން މައްސަލައެއް ވެސް ފެންމަތިވި އެވެ. ފުރްގާން މިސްކިތަށް ގެއްލުން ދިން މީހާ ފުލުހުން ވަނީ އެއިރު ހައްޔަރުކޮށްފަ އެވެ.
އޭގެ ކުރިން، ވ. ކެޔޮދޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ވެސް ހޫނުވި އެވެ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މީހާ ހޯދީ އާންމުންގެ ބަޔަކު ރަށު ތެރެއަށް ނުކުމެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ