ގޭމަށް ލޯބިކުރާ މީހުން އިންތިޒާރުކުރަމުން އަންނަ އެމްބާކް ސްޓޫޑިއޯސްގެ އާކް ރެއިޑާސް މި މަހުގެ 30 ގައި ނެރެން ނިންމާފައި ވާއިރު، ހަފުތާ ބަންދުގައި ހިލޭ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެމްބާކް ސްޓޫޑިއޯސް އިން ބުނީ އޮކްޓޯބަރު 17-19 އާ ދެމެދު ޕްލޭސްޓޭޝަން 5، އެކްސްބޮކްސް ސީރީޒް އެކްސް|އެސް، ސްޓީމް، އަދި އެޕިކް ގޭމްސް ސްޓޯރުގައި މި ގޭމް ޓެސްޓުކޮށްލެވޭނެ އެވެ.
އެ ފުރުސަތުގައި ތަފާތު މާހައުލުތަކާއި ހާލަތްތައް ތަޖުރިބާކޮށްލެވޭނެ އެވެ. އެކަނި އަދި ގިނަ ކުޅުންތެރިންނާއެކު ވެސް ގޭމު ކުޅެލަން ފުރުސަތު ލިބޭނެ އެވެ.
މި ގޭމްގައި ކޯ-އޮޕް އަދި ޕީވީޕީ މޯޑްތައް ހިމެނޭއިރު، ބޮޑެތި ހަތަރު މެޕާއި ފުލް ކެރެކްޓާ ކަސްޓަމައިޒޭޝަން ވެސް ހިމެނެ އެވެ.
އެމްބާކް ސްޓޫޑިއޯސްގެ ފުރަތަމަ ރިލީޒް ކުރި ދަ ފައިނަލްސް އަށް ލިބުނު ފަދަ ބޮޑު ކާމިޔާބެ އާކް ރެއިޑާސްއަށް ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ. މިއީ މި އަހަރު ނެރޭނެ އެންމެ ކާމިޔާބު ގޭމަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އާކް ރެއިޑާސް ރިލީޒު ކުރަނީ، ހަފުތާ ބަންދުގައި ޓެސްޓު ކޮށްލެވޭނެ އާކް ރެއިޑާސް ރިލީޒު ކުރަނީ، ހަފުތާ ބަންދުގައި ޓެސްޓު ކޮށްލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ