ސަލްމާނާއި ކެޓްރީނާގެ 'އޭކް ތާ ޓައިގާ' ވަރަށް ގްރޭންޑްކޮށް އަލުން ރިލީޒްކުރަނީ

މީގެ 13 އަހަރު ކުރިން ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން ފިލްމު "އޭކް ތާ ޓައިގާ" ވަރަށް ކުލަގަދަކޮށް އަލުން ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ ދެ ތަރިންގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ. ކަބީރު ޚާން ޑައިރެކްޓް ކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު އަލުން ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާއިރު މިއީ 2012 ވަނަ އަހަރު ފިލްމު ސިނަމާތަކުން ބަލާލުމުގެ ފުރުސަތު ނުލިބުނު މީހުންގެ އިތުރުން މި ފަހުގެ ޒުވާނުންނަށް ފިލްމު ބަލާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ފިލްމު "އޭކް ތާ ޓައިގާ" އަކީ ޔަޝް ރާޖް ފިލްމްސްއިން މިހާރު އެންމެ ވަރުގަދަ އެކްޝަން ފިލްމުތައް ގެނެސްދޭ ސްޕައި ޔުނިވާސްގެ ވެސް ފެށުމެވެ. ފިލްމު "އޭކް ތާ ޓައިގާ"ގެ ސެޓުގައި ކެޓްރީނާ އަދި ސަލްމާން ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އެ ފިލްމުން ސަލްމާން ޚާން "ޓައިގާ"ގެ ކެރެކްޓާގެ ގޮތުގައި ބެލުންތެރިންނަށް ތައާރަފްކޮށްދިންއިރު މިހާތަނަށް އެ ކެރެކްޓާ ހިމެނޭގޮތަށް އެ ފްރެންޗައިސްގެ ދަށުން ދެ ފިލްމު ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ. އެއީ 2017 ވަނަ އަހަރު ރިލީޒްކުރި "ޓައިގާ ޒިންދާ ހޭ" އަދި 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޓައިގާ 3"އެވެ. ފިލްމު "އޭކް ތާ ޓައިގާ" އަކީ އެންމެ 75 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެ ފިލްމު ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ފިލްމަށް ވަނީ ލިބިފައެވެ. އެގޮތުން ފިލްމަށް ލިބުނު އާމްދަނީގެ އަގު 335 ކްރޯޑު ރުޕީސް (38 މިލިއަން އެމެރިކާ ޑޮލަރަށް) ވަނީ އަރާފައެވެ. އެ ފިލްމާ ވިދިގެން 2017 ވަނަ އަހަރު ގެނެސްދިން "ޓައިގާ ޒިންދާ ހޭ"އަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުނުއިރު 2023 ވަނަ އަހަރު ގެނެސްދިން ތިން ވަނަ ފިލްމަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ފިލްމު "އޭކް ތާ ޓައިގާ" އަލުން ސިނަމާތަކަށް ގެންނާނެކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ޔަޝް ރާޖް ފިލްމްސްއިން އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ