ޓޯޓަލް ފިޒިއޯގެ ހަދިޔާ ހާއްސަ ކުރީ ބުރަކަށީގެ ތަދުތަކަށް ފަރުވާ ހޯދާ މީހުންނަށް ޓޯޓަލް ފިޒިއޯގެ ހަދިޔާ ހާއްސަ ކުރީ ބުރަކަށީގެ ތަދުތަކަށް ފަރުވާ ހޯދާ މީހުންނަށް

ޓޯޓަލް ފިޒިއޯ އިން ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަދިޔާއަކަށް ދޭ ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖް ބުރަކަށީގެ ތަދުތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްފި އެވެ.
އެންމެ ޒަމާނީ ފިޒިއޮތަރަޕީގެ ހިދުމަތްދެމުން އަންނަ ޓޯޓަލްފިޒިއޯގެ ފަރާތުން ދޭ މި ޕެކޭޖް ދެނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށް އެ ކްލިނިކުން ބުނެ އެވެ.
ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ދިނުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 8، ވާ އާދީއްތަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18، ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މި ޕެކޭޖްގެ ދަށުން ބުރަކަށީގެ ތަދުތަކަށް ފިޒިއޯތެރަޕީ ދޭންޖެހޭ ކަމުގައިވަނީ ނަމަ، ދޭންޖެހޭ އެންމެހައި ހިދުމަތްތަކެއް ކަވަރުކުރާނެ އެވެ. ނަމަވެސް، އެޑްވާންސްތެރަޕީގެ ދަށުން ފޯރުކޮށްދޭ ކްރަޔޯތެރަޕީ، ޝޮކްވޭވް ނުވަތަ ލޭޒާތެރަޕީ ދޭންޖެހޭކަމުގައި ވާނަމަ އެ ޕެކޭޖްގެ ދަށުން ކަވަރުކުރާނީ އެޑްވާންސްތެރަޕީގެ ދެ ސެޝަން ކަމަށް ޓޯޓަލް ފިޒިއޯއިން ބުންޏެވެ.
ބުރަކަށީގެ ތަދުތަކަށް ދެވޭ ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖަކަށް އާއްމުގޮތެއްގައި އެވަރެޖްކޮށް ހަރަދުވަނީ 4،530ރ. އާއި 3،500ރ. ދެމެދެވެ. ނަމަވެސް، މި ޕެކޭޖްގެ ދަށުން ޕޭޝަންޓް ހަރަދުކުރަން ޖެހޭނީ 1،999ރ. އެވެ.
މިފަދަ ޕެކޭޖެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި ބުރަކަށީގެ މައްސަލަ ހުންނަ ފަރާތްތައް ގިނަވެފައި، ބުރަކަށީގެ ފަރުވާ އެކުލިނިކުން ބަޔަކު ހޯދަމުންދާތީކަމަށް ޓޯޓަލްފިޒިއޯއިން ބުންޏެވެ.
ޓޯޓަލްފިޒިއޯއަކީ އެންމެ ފުރަތަމަ ރާއްޖޭގައި އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭންފެށި ކްލިނިކެވެ.
އެ ކްލިނިކުން ފިޒިއޯތެރަޕީގެ ހިދުމަތް ހޯއްދެވުމަށް ކޮންމެހެން ޑޮކްޓަރުގެ ލިޔުމެއް ބޭނުމެއްނުވާނެ އެވެ. އަދި ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާއެއް ދޭން ފަށާނީ ކޮންސަލްޓޭޝަނާއި އެސެސްމަންޓަށް ފަހު އެވެ.
ކޮންސަލްޓޭޝަނާއި އެސެސްމަންޓް ހަދާނީ އެ ޕޭޝަންޓަކަށް ފަރުވާދޭ ފިޒިއޯތެރަޕިސްޓެވެ.
ޓޯޓަލްފިޒިއޯއިން ދޭ ހިދުމަތްތަކާއި އަދި އަލަށް ތައާރްފް ކުރެވޭ އޮފާއާއި ގުޅޭގޮތުން އޮޅުން ފިލުވުމަށް ނުވަތަ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. ނުވަތަ ވައިބާ ނަންބަރު 7661700 އަށް މެދުވެރިކޮށް މައުލޫމާތު ސާފުކޮށް އަދި އެޕޮއިންޓްމެންޓް ހެދޭނެ އެވެ.
ޓޯޓަލްފިޒިއޯ ކްލިނިކް ގާއިމްވެފައި ހުންނަނީ ހ.ސަކީނާ މަންޒިލް، 3 ވަނަ ފަންގިފިލާގަ އެވެ. ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 8، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ