ޙިޖާން އަޅަންވީގޮތް ކަމަށް ބުނުމުން އެއީ ފޮތިގަނޑު ގައިގައި އަޅަންވީ ގޮތް ކަމަށް ނުވަތަ ފޭރާންލާންވީ ގޮތްކަމަށް ނުދެކޭށެވެ! ޙިޖާބް އަޅަން ފުރަތަމަ ކުރަން އޮތް ކަމަކީވެސް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ.
ދާދިފަހުންވެސް ދަރިވަރަކު ބުންޏެވެ. "ކޮލެޖަށް ދައްކަންޖެހޭ ފައިސާ މިއުޅެނީ ނުދެއްކިގެންނެވެ. ޙިޖާބް އަޅާތީ ވަފީފާއެއްވެސް ނުލިބެނީއެވެ." އެކުއްޖާއަށް އެއްމަހު އެހީތެރިވީމެވެ. ދެވަނަ މަހު އެހީތެރިވާން އުޅުމުން ބުނީ ދީލަތި މީހަކު ކިޔެވުމާއި ޙަވާލުވެއްޖެކަމަށެވެ. އެކުއްޖާއަކީ ކިޔަވަމުންވެސް ރޭއަޅުކަންކުރާ ކުއްޖެކެވެ. ވީމާ އެކަމަށް ޙައިރާނެއް ނުވަމެވެ.
މިބަޔާންކުރީވެސް ހަމަ ކަންކަން ހިނގާ ގޮތެވެ. ކިޔުންތެރިންގެ ކިބައިން ލިބޭ މަޢުލުމާތެވެ. ވަޒީފާ ނުލިބޭތީ އެކަމަށް ބިރުން ޙިޖާބް އަޅައި ނިވާވާން ބިރުގަންނަ ކަނބަލުންގެ ސުވާލުތައް ގިނަވާތީ ދަންނަވަން އޮތީ ތިރީގައިވާ ލިޔުމަށް ވިސްނަވައިލެއްވުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
މިހާރަކަށް އައިސް ޙިޖާބް އަޅައި ނިވާވުމުން ވަޒީފާގެ ފުރުޞަތުތައް އެބަ ގެއްލެއެވެ. އަދި ފުރުޞަތު ހަނިވެގެންވެސްދެއެވެ. ނަމަވެސް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމުން މާރަނގަޅު ވަޒީފާ ލިބޭނެއެވެ.
"ޙިޖާބުގެ ސަބަބުން ވަރަށް ގިނަ ފުރުޞަތުތައް ގެއްލި، ވަރަށް ގިނަ ދޮރުތައް ބަންދުވާ ކަމަށް ބުނާ މީހާ ގާތު ބުނާށެވެ! ސުވަރުގޭގެ ދޮރު ބަނދެއް ނުވޭ ނޫންހެއްޔެވެ؟ ޙިޖާބުގެ ސަބަބުން ބަންދުވަނީ ނަރަކައިގެ ދޮރު ނޫންހެއްޔެވެ؟"
ވަޒީފާގެ ބޭނުމުގައި އަޢުރަ ނިވާނުކޮށް ހުރެ ހޯދާ ފައިސާއިން ކުރާނެ ޙަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ! އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހު ތިބާގެ ފާފައިގެ ތިލަފަތް އެކަމުގެ ސަބަބުން ބަރުވެގެންދާތަން ފެނުމުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ! އެވަގުތު މިދައްކާ ހުރިހާ ވާހަކަތަކެއް ތިބާގެ ހިތަށް ވަދެގެންދާނެއެވެ. ޢަމަލުނުކުރެވުނީތީ ދެރަވެ ހިތާމަކޮށް ކަރުނައަޅާނެއެވެ!
ލޮބުވެތި އަޚުތުންނޭވެ! ހޯދަންވީ ތިއަ ކަނބަލުންގެ ހަށިގަނޑު ދައްކައިގެން ލިބޭ މުސާރައެއް ނޫނެވެ! ކުރާ މަސައްކަތުގެ އުޖޫރައެވެ! ސުވަރުގެ ލިބުންވަނީ އެއިރުންނެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގ ދަރުސަކުން
ޙިޖާބް އަޅަންވީގޮތަށް އަޅައިފިނަމަ އެމީހަކު ނިކަމެތި ނުކުރައްވަވާނެ! އެކަކު ވަޒީފާއެއް ނުދިނަސް ފުދިގެން އުޅެވޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ