މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިއަހަރުގެ ތެރޭ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކުރީ އިއްޔެ ކަމަށެވެ.
ތަފްސީލް - މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓަށް ވާސިލުވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު 2.5 ފަތުރުވެރިން ގެނައުމަށެވެ. އެ ޓާގެޓު ހާސިލު ވަނީ އަހަރުގެެ ބާކީ އޮތްތަނުގައި މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްގެންނެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު
މި މަހުގެ ފުރަތަމަ ހަފްތާގައި 33،773 ފަތުރުވެރިން ރާއްޖެ އައި
މިއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު %23.6 އިތުރު އަދަދެއް
އަހަރުގެ މިހާތަނަށް އެންމެ ގިފަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:
ޗައިނާ - 240،828 ފަތުރުވެރިން
ރަޝިއާ -182،315 ފަތުރުވެރިން
އިނގިރޭސިވިލާތް -136،619 ފަތުރުވެރިން
އިޓަލީ -107،736 ފަތުރުވެރިން
ޖަރުމަނު-104،764 ފަތުރުވެރިން
ްއިއްޔެެގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ