ހދ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ހދ ގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން ހާމަކޮށް ފުލުހުން އާންމުކުރި ޕޯސްޓްގައި ބުނެފައިވަނީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.
މި މަސައްކަތުގެ ދަށުން ހދ އަތޮޅުގެ އިތުރުން ގއ އަތޮޅާއި ވ އަތޮޅާއި ތ އަތޮޅާއި ފ އަތޮޅު އަދި ކ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ.
ހދ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު އެއަތޮޅަކީ ތިންވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެވެ.
ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ