ވިޔަފާރި ބަނދަރުތައް ހިންގައި ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީ އިން ރާއްޖެއަށް ގިނަ އަދަދެއްގެ އެމްބިއުލޭންސްތަކެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން ގެންނަ އެމްބިއުލޭންސްތަކުގެ އަދަދު 56 އަށް އަރާނެ އެވެ. އެކަމަކު ފުރަތަމަ ގެންނަނީ 18 އެމްބިއުލޭންސް އެވެ. އެ ވެހިކަލްތައް އިންސްޕެކްޓު ކުރަން އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ ޓީމެއް ދަނީ މިވަގުތު ދުބާއީގައި ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން އެމްބިއުލޭންސް ގެންނަނީ، އެކަމަށް ހަރަދު ކުރާނެ ފައިސާ ސަރުކާރުގައި ނެތުމުންނެވެ. އެމްޕީއެލް އިން ގެންނަ އެމްބިއުލޭންސްތަކަށް ހެލްތު މިނިސްޓްރީ އިން ފައިސާ ދައްކަން ޖެހުނު ނަމަވެސް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ އެވެ.
ގިނަ އަދަދެއްގެ އެމްބިއުލޭންސް މި ގެންނަނީ ރަށްރަށަށް ބޭނުންވާ އެމްބިއުލޭންސް ވަރަށް އަވަހަށް ރާއްޖެ ގެންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވަ އެވެ.
"ސިއްހީ މަރުކަޒަށް އަޅުގަނޑުމެން އެމްބިއުލޭންސެއް ވެސް ހަމަޖައްސައިދޭނަމޭ. ވަރަށް އަވަހަށް އެބަ ގެންނަން. މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން އެބަ ގެންނަން، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށަށް ބޭނުންވާ ވަރަށް އެމްބިއުލޭންސް. އަޅުގަނޑު ހަނދާންވަނީ، 63 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލޭންސް އެބަ ގެނެވެއޭ،" އޮކްޓޯބަރު 21، ގައި މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން 2021 ވަނަ އަހަރު އެސްޓީއޯއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ވެސް ވަނީ އެމްބިއުލޭންސްތަކެއް ރާއްޖެ ގެނެސްފަ އެވެ. އެކި ބެޗުތަކަށް ބަހާލައިގެން އެސްޓީއޯއިން ވަނީ އެއިރު 96 އެމްބިއުލޭންސް ރާއްޖެ ގެނެސްފަ އެވެ.
ހެލްތު މިނިސްޓްރީ އިން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ އެމްބިއުލޭންސް ގެންނަނީ ހެލްތު މިނިސްޓްރީ އިން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ އެމްބިއުލޭންސް ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ