ބޭންކް އޮފް މޯލްޑިވްސް އަށް ނިމިގެންދިޔަ ތިންވަނަ ކުއާޓަރުގައި 475 މިލިއަން ރުފިޔާގެ ސާފްފައިދާއެއް ލިބިއްޖެއެވެ.
ބީއެމްއެލުން ނެރެފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީބަޔާނުގައިވާގޮތުން އެ ކުއާޓަރުގައި ބޭންކުގެ ހިގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެއްކަމަށް ބީއެމްއެލުްނ ބުންނެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ބީއެމްއެލުން ބުނީ ތިންވަނަ ކުއާޓަރ ނިމިގެންދިޔައިރު، ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މި ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ
ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ވިދާޅުވީ، އެ ބޭންކުން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަށް އެކަނި ނޫންކަމަށާއި، މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ
ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް
ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ފަހުރުވެރިވާކަމަށެވެ.
ބީއެމްއެލުން ދަނީ އެ ބޭންކްގެ ހިދުމަތް ފުޅާކުރުމަށް މުޅި ރާއްޖޭގެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން މުޅި ރާއްޖެއަށް "ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން،
މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105
ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު
ކަމާއެކު އެކަން ނިންމާލާފައިވާކަން ބީއެމްއެލުން ފާހަގަކުރިއެވެ.
މީގެ އިތުރުން، މިދިޔަ ކުއާޓަރގައި ބޭންކުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން
(އެސްޑީއެފްސީ) ގަނެފައިވާއިރު،. އެސްޑީއެފްސީއަކީ ޝަރީއާ
ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ
ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް
ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް
ބަދަލުކުރެވިގެންދާނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް 475 މިލިއަން ރުފިޔާގެ ސާފްފައިދާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ