ޗައިނާ އެކު މި ސަރުކާރުން ހެދި 11 ފަހުމުނާމާގެ ތަފްސީލުތައް ހޯދަން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެދުމުން، ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލު އެ މައުލޫމާތުތައް ނުދީ ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - ޗައިނާއާ އެކު މި ސަރުކާރުން 11 ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ފަހުމުނާމާތައް ހޯދުމަށް ސެޕްމްބަރު 3ގައި އެމްޑީޕީގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުއާ ލިޔުމުން ޖަވާބު ހޯދުމަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.
ތަފްސީލު - އެ ސުވާލު ކުރަން ހުށަހެޅިތާ ދޮޅު މަސް ފަހުން މިނިސްޓަރު ހަލީލު ވަނީ މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވައިފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ހަލީލު ފޮނުވި ޖަވާބު ވަނީ އިއްވައިފަ އެވެ.
ޖަވާބުގައި ހަލީލު ވިދާޅުވީ:
ޗައިނާ-ރާއްޖެ ފަހުމުނާމާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް ދަނީ މަޝްވަރާ ކުރަމުން އަދި އެއްބަސްވުމަކަށް ވާސިލުވުމަށް ދަނީ މަސައްކަތްތައް ކުރަމުން
އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މިކަމާ ބެހޭ މައުލޫމާތު "ކަމާ ގުޅޭ ފަރާތްތަކާ" ހިއްސާ ކުރާނެ ވާހަކަ ދަންނަވަން
އިތުރު ތަފްސީލެއް މިނިސްޓްރީގެ ސިޓީގައި ހިމަނާފައި ނުވެ އެވެ.
ޗައިނާ އެކު ސޮއި ކުރި ފަހުމުނާމާގެ ތަފްސީލުތައް މަޖިލީހަށް ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ