ގަވިން އިން މި ފަހުން މާލޭ ބާޒާރުމަތީ ހުޅުވި ގަވިން ބާޒާރު ފިހާރަ މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު އެ ފިހާރައިން ވިއްކާ މުދާ ފޮނުވޭނެ ކަމަށް ބުނެފި އެވެ.
ގޭތެރޭގެ އިންޓީރިއާގެ މަސައްކަތްތަކަށް މަގުބޫލުކަން ހޯދާފައިވާ ގަވިން އިން ބާޒާރުމަތީ ހުޅުވި ބާޒާރު ގަވިންގެ މައިގަނޑު އެއް މަގުސަދަކީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭތެރެ ވެސް ފަހުގެ އިންޓީރިއާއަކަށް ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެންމެ ފަހުގެ ޑިޒައިންތަކުގެ ފިލާ އަދި ވޯލް ޕެނަލް ފަދަ ސާމާނު ރައްކާތެރިކަމާއި ހަލުވިކަމާ އެކު ރަށްރަށަށް މިހާރު ފޮނުވައިދޭނެ އެވެ.
ގަވިން ވަނީ ބަދިގެ ނުވަތަ ގޭތެރޭގެ ކޮންމެ ފަރުނީޗަރެއް ވެސް ކަސްޓަމަރުން ބޭނުން ގޮތަކަށް ޑިޒައިންކޮށް، ޖަހާފައި ރަށްރަށަށް ފޮނުވައިދިނުމުގެ ހިދުމަތް ވެސް މިހާރު ދޭން ފަށައިފަ އެވެ.
މީގެ އިތުރުން:
ފަރުނީޗަރު ހަދަން ބޭނުންވާ ހުޅާއި ފަތި އަދި ހާޑްވެއާގެ ހުރިހާ ސާމާނެއް ވެސް ފަސޭހަކަމާ އެކު ލިބޭނެ
މިހާރު ވެސް ގަވިން އިން ވިއްކާ ސްމާޓް އަވަނާއި ހުޑް އަދި އުނދުނާއި މައިކްރޯވޭވް ވެސް ބާޒާރު ގަވިން އިން ލިބޭނެ
ބާޒާރު ގަވިން ހުންނާނީ ބޮޑުތަކުރުފާނު މަގު، އެމްޕީއެލް ކައިރީ އެވެ.
އިތުރު މައުލޫމާތު އެ ފިހާރައިގެ ނަންބަރު 9428899 އިން ލިބޭނެ އެވެ.
ގަވިން ބާޒާރު ފިހާރައާ އެކު ރަށްރަށަށް މުދާ ފޮނުވުން ފަސޭހަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ