ތެލުގެ ވިޔަފާރި ރަނގަޅުވެ، އެސްޓީއޯއަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން އެ ކުންފުނީގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލު - މިދިޔަ ކުއާޓަރުގައި ލިބުނު 3.8 ބިލިއަން ރުފިޔާގެ އާމްދަނީއަކީ ދެ ވަނަ ކުއާޓަރުގެ އާމްދަނީއާ އަޅާބަލާއިރު 8 ޕަސެންޓު އިތުރު އަދަދެކެވެ.
ޖުމްލަ އާމްދަނީ އިތުރުވީ، އެސްޓީއޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ތެލުގެ ވިޔަފާރި ރަނގަޅުވެ، ތެޔޮ ވިއްކުނު މިންވަރު އިތުރުވުމުންނެވެ.
އޭގެ އިތުރަށް އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 ޕަސެންޓު އިތުރުވެފަ އެވެ.
އެސްޓީއޯގެ 3 ވަނަ ކުއާޓަރުގެ މާލީ އުސްއަލިތައް:
ޖުމްލަ އާމްދަނީ - 3.8 ބިލިއަން ރުފިޔާ
ޖުމްލަ ފައިދާ - 604 މިލިއަން ރުފިޔާ؛ މިއީ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު 5 ޕަސެންޓުގެ އިތުރުވުމެއް
ޖުމްލަ ހިންގުމުގެ ހަރަދު 367 މިލިއަނުން 358 މިލިއަން ރުފިޔާއަށް ކުޑަކުރި
ހިންގާ ފައިދާ - 290 މިލިއަން ރުފިޔާ
ސާފު ފައިދާ - 186 މިލިއަން ރުފިޔާ؛ މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 ޕަސެންޓު އިތުރު އަދަދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ