ލަންކާ ވިއްސާރަ: އުރީދޫން ލަންކާއަށް މިހާރު ހިލޭ ގުޅޭނެ

އަވައްޓެރި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އާއިލާއާ ރައްޓެހިންގެ ހާލު ބަލަން ހިލޭ ގުޅޭނެ ގޮތް އުރީދޫއިން ހަދައިދީފިއެވެ. އުރީދޫއިން ބުނީ، އެ ވިއްސާރައާ ގުޅިގެން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅައި، އާއިލާއާ ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު ހިލޭ ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ލަންކާއަށް ކުރާ ވިއްސާރައިގައި މަގެއް މަތީ ފެންބޮޑުވެފައި ---- ފޮޓޯ/ ރޮއިޓާސް އެ ކުންފުނީގެ އަމާޒަކީ، އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުން ކަމަށް އުރީދޫއިން ފާހަގަކުރިއެވެ. ލަންކާއަށް ހިލޭ ގުޅޭ ގޮތް އުރީދޫއިން ހަމަޖައްސައިދިންއިރު، ލަންކާގައި ގިނަ ދިވެހީން އުޅެއެވެ. އަދި، ބޭސްފަރުވާ އާ އެހެނިހެން ކަންކަމުގައި އެ ގައުމަށް ދިވެހީން ދަތުރުވެސް ކުރެއެވެ. https://sun.mv/214569 ނަމަވެސް، މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން, މިހާތަނަށް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައިނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދު މިއަދު ވަނީ ވިދާޅުވެފައެވެ. އެ ވިއްސާރައިގައި މިހާތަނަށް ވަނީ، ލަންކާއިން 56 މީހުން މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ