ތަނަވަސް މީހަކާ ކުރިމަތިލާންޖެހުނު ވަފާތެރި އަންތބަކު ޢަމަލުކުރިގޮތުން ދިރިއުޅުމަށް ބޮޑުކުރިއެރުމެއް ލިބުނު ގޮތުގެ ވާހަކަ-

"ލޯބިވާ ފިރިމީހާއެވެ! އަހުރެންނަށް ކުށެއް ކުރެވިއްޖެއެވެ. އަހުރެންގެ ފަހަތުން އަޅައިގަނެގެން އުޅޭ ތަނަވަސް މީހަކާ އެތައް ފަހަރަކު ބައްދަލުކުރެވިއްޖެއެވެ." 
"އެއީ ކާކުކަން ނިކަން ބުނެބަލާށެވެ!" 
"ލޯބިވާ ފިރިމީހާއެވެ! މީހަކަށް ރުޅި އައިސް ޙަސަދަވެރިވުމުގެ ބޭނުމެއް ނެތެވެ. އޭނާގެ މޫނަށް ބެލުމުން އަހުރެންނަށް ފެންނަނީ ތިބާއެވެ. އަހުރެން ލޯބިވަނީ ހަމައެކަނި ތިބާދެކެއެވެ. ތިބާ ނޫން މީހަކު އަހުރެންގެ ގައިގައި ބީހޭކަށް ބޭނުމެއް ނޫނެވެ. އެހެންވެ އެންމެ ކުޑަމިނުން ދޮނެއް ދިނުމުގެ ފުރުޞަތުވެސް އަހުރެން ނުދެމެވެ.؟"  
"އަދިވެސް ބުނަން ހެއްޔެވެ؟ އޭނާ ބުނީ އޭނާ ބޭނުންވަނީ އަހުރެންގެ މިފަޤީރު ދިރިއުޅުމުން ތަނަވަސް ދިރިއުޅުމަކަށް ބަދަލުކޮށްދޭން ކަމަށެވެ. އަހުރެން ބުނީމެވެ. ތިއައީ ވަރަށް ބޭނުން ކަމެކެވެ. ތިއައީ ތިބާ އިޚްލާޞްތެރިކަމާއިއެކުގައި ބުނާ ވާހަކައެއް ނަމަ އަހުރެންގެ ބޭނުންކުރަން ނުހަދައި ފިރިމީހާގެ ވަޒީފާ މައްޗަށް ޖައްސާލައިދޭށެވެ. އެއިރުން ލިބޭ މުސާރައިން ތަނަވަހުގައި އުޅެވޭނެއެވެ."  
"އާނ! ތިއަމީހާ މިހާރު އެނގިއްޖެއެވެ. ތިއައީ އަހުރެންގެ ވެރިމީހާއެވެ. އޭނާ ތިބާއަށް ކަޅިއަޅާކަން އެނގޭތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ދެން މައްސަލައެއް ނެތްތާއެވެ. އޭނާ ތިބާދެކެވާ ލޯބި ބޮޑުކަމުން ނަމަވެސް މިއަދު ވަޒީފާ މަތިކޮށްދީފިއެވެ. ތިއަވާހަކަ ތިއަފެށީ އެކަމުގެ އުފާވެރި ޚަބަރު ދޭން އުޅެނިކޮށެވެ. ސިޓީ މިއޮތީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދެންވެސް ވިސްނައިގެން ހުންނާށެވެ!"  
މިވީޑިއޯ ފެނުމުން ހިތަށް އެރިއެވެ. މިފެންވަރަށް ވަފާތެރި ކިތައް އަންހެނުން މިއަދު ދުނިޔޭގައި ތިބޭނެބާވައެވެ! މިފެންވަރާއި ގާތަކަށްވެސް ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވެ އަނެކާއަށް  ވަފާތެރިވާނަމަ އެންމެންނަށްވެސް ހާދަ އުފަލުގައި އުޅެވުނީހެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ