ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ ރޯމިން އެޑްއޮންތަކެއް
އުރީދޫ މޯލްޑިވްސްއިން އާ ރޯމިން ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފިއެވެ. އުރީދޫއިން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ، އުރީދޫގެ ޕޯސްޓް ޕެއިޑް ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ޕްރިޕެއިޑްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް ވަގުތުން މި ޚިދުމަތް ލިބޭނެކަމަށެވެ. މި އެޑްއޮންތަކުން، ކަސްޓަމަރުންނަށް ޑޭ ޕާސް، ދެ ހަފުތާގެ ޕެކް އަދި ހަތަރު ހަފުތާގެ ޕެކް ހިމެނޭ ގޮތަށް ތަފާތު ރޯމިން ޑޭޓާ ޕްލޭންތައް ލިބޭނެއެވެ. އުރީދޫން ބުނީ، އާ ރޯމިން ޑޭޓާ އެޑްއޮންތަކާ އެކު، ކަސްޓަމަރުންނަށް ދަތުރުގެ މުއްދަތާއި ޑޭޓާ ބޭނުންތަކަށް އެންމެ އެކަށޭނަ ޕްލޭނެއް ޚިޔާރުކުރެވޭނެ ކަމަށެވެ. މި ޕެކްތަކުގެ ސަބަބުން ވާދަވެރި އަގުތަކުގައި ޑޭޓާ އެލަވަންސްތައް ލިބި، ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު އިތުރަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އާ ރޯމިން ޑޭޓާ އެޑްއޮންތަކުގައި ހިމެނެނީ 35 ގައުމަކަށް ޕޯސްޓްޕެއިޑް ރޯމިން އެޑްއޮންތަކަކާއި، 13 ގައުމަކަށް ޕްރީޕެއިޑް ރޯމިން އެޑްއޮންތަކެކެވެ. ޕޯސްޓްޕެއިޑް ރޯމިން އެޑްއޮންތައް: 4 ޖީބީ 4 ހަފުތާއަށް: 375 ރުފިޔާ 2 ޖީބީ 4 ހަފުތާއަށް: 400 ރުފިޔާ 2 ޖީބީީ 2 ހަފުތާއަށް: 200 ރުފިޔާ 5 ޖީބީ 4 ހަފުތާއަށް: 750 ރުފިޔާ 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ ޕްރީޕެއިޑް ރޯމިން އެޑްއޮންތައް: 2 ޖީބީ 2 ހަފްތާއަށް: 250 ރުފިޔާ 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ އުރީދޫން ބުނީ މި އެޑްއޮންތަކާއެކު ދިވެހީން ރާއްޖެއިން ބޭރަށް ކުރާ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، ދެފުށް ފެންނަހެން، އަގުތަކާއި ރިއަލް ޓައިމް ޔޫސޭޖް ޓްރެކިންއާއެކު ރޯމިން ބޭނުންކުރުމުގެ ފުރިހަމަ ކޮންޓްރޯލް ލިބޭނެ ކަމަށެވެ. އަދި މި އެޑްއޮންތަކަކީ ރާއްޖޭން ބޭރުގައި އާ ތަންތަން ބަލާލުމާއި، މަސައްކަތް ކުރުމާއި، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތުތައް ހިއްސާ ކުރުމާއި، ނެވިގޭޝަން އަދި ޒަރޫރީ ޓްރެވަލް އެޕްތައް ބޭނުންކުރުމުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ދަތުރުވެރިންނަށް ވަރަށް ކަމުދާނެ އެޑްއޮންތަކެއްކަންވެސް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ