އެސްޓީއޯ ރަމަޒާން ބާޒާރު: 100،000 ރުފިޔާ ލިބުމުގެ ފުރުސަތު
ކޮންމެ ފަހަރެއްގެ ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު" މިރޭ ފަށައިފި އެވެ.މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރު އެވެ.މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު މާޗް 18، 2026 ގެ ނިޔަލަށް ކުރިއަށް ގެންދާއިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.މި އަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަން އަންނަ އަހަރުގެ މާޗު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.މި ޕްރޮމޯޝަނަކީ ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ