އެޗްޑީސީގެ ރީތިގަސް ފުލެޓްތަކަށް ގަވިންއިން ޚާއްސަ ޕެކޭޖުތަކެއް
އެޗްޑީސީގެ ރީތިގަސް ފުލެޓްތަކަށް ގަވިންއިން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. ގަވިންއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުމާކޮށް، ފަރުނީޗަރު ހެދުމުގައި ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުންފުންޏެވެ. އެ ކުންފުނިން އެޗްޑީސީގެ ފުލެޓްތަކަށް ތައާރަފުކުރި ޕެކޭޖުތަކުގައި، އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް، އެޗްޑީސީގެ މުވައްޒަފުންނަށް ޑިސްކައުންޓް ލިބޭ ގޮތަށް ހަދައިފައިވެއެވެ. އެ ޕެކޭޖުތަކުގައި ކޮޓަރި، ބަދިގެ އަދި ލިވިން ރޫމް ހިމެނޭގޮތަށް، އެ މީހަކު ބޭނުންވާ ގޮތަށް ކަސްޓަމް-މޭޑް ކާޓެއިންސްއިން 50 ޕެސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ. ގަވިންގެ މި ޚާއްސަ ޕެކޭޖުތަކުގައި ހިމެނެނީ: އެއް ކޮޓަރި: ބަދިގޭގެ އަގަކީ 66،000 ރުފިޔާއެވެ. އަދި ކޮޓަރީގައި އެނދާއި އަލަމާރި ހިމެނޭހެން 32،000 ރުފިޔާއަށް ހުންނައިރު، ލިވިން ރޫމްގައި ޓީވީ ޔުނިޓާއި ސޯފާ ހިމެނޭހެން 35،000 ރުފިޔާއެވެ. އަދި ކާ މޭޒުގެ އަގަކީ 9500 ރުފިޔާއެވެ. އެޗްޑީސީގެ ރީތިގަސް ފުލެޓްތަކަށް ގަވިން އިން ޚާއްސަ ކުރި ޕެކޭޖުތަކުގެ ތެރެއިން 1 ބެޓްރޫމް ކިޗެން. ދެ ކޮޓަރި: ބަދިގޭގެ އަގު 75،000އަށް ހުރިއިރު، ކޮޓަރި، އެނދާއި އަލަމާރި ހިމެނޭހެން ހުރީ 32،000 ރުފިޔާއަށެވެ. އަދި ލިވިން ރޫމް، ޓީވީ ޔުނިޓާއި ސޯފާ ހިމެނޭހެން 35،000 ރުފިޔާއަށް ތައްޔާރުކޮށްދޭނެއެވެ. މި ޕެކޭޖުގައި ވެސް ކާ މޭޒުގެ އަގަކީ 9500 އެވެ. އެޗްޑީސީގެ ރީތިގަސް ފުލެޓްތަކަށް ގަވިން އިން ޚާއްސަ ކުރި ޕެކޭޖުތަކުގެ ތެރެއިން 2 ބެޓްރޫމް ކިޗެން. ތިން ކޮޓަރި: މި ޕެކޭޖުގައި ބަދިގެ 75،000އަށް ހުރިއިރު، އެނދާއި އަލަމާރި ހިމެނޭހެން ކޮޓަރި ހުރީ ހަމަ 32،000 ރުފިޔާއަށެވެ. އަދި ޓީވީ ޔުނިޓާއި ސޯފާއާއެކު ލިވިން ރޫމް ތައްޔާރުކޮށްދެނީ 38،000 ރުފިޔާއަށެވެ. މި ޕެކޭޖުގައި ކާމޭޒުގެ އަގަކީ އެހެން ޕެކޭޖުތަކާ ވެސް ހަމަ އެއް އަގެކެވެ. އެއީ 9500 ރުފިޔާއެވެ. އެޗްޑީސީގެ ރީތިގަސް ފުލެޓްތަކަށް ގަވިން އިން ޚާއްސަ ކުރި ޕެކޭޖުތަކުގެ ތެރެއިން 3 ބެޓްރޫމް ކިޗެން. މީގެ އިތުރުން އެޗްޑީސީގެ ކޮންމެ މުވައްޒަފަކު ކަސްޓަމައިޒް ކުރާ ކޮންމެ ފަރުނީޗަރެއް، ނުވަތަ ގަވިންއިން ކުރާ ކޮންމެ ވިޔަފާރިއަކުން ފަސް ޕަސަންޓް ޑިސްކައުންޓެއް ވެސް ލިބޭނެއެވެ. ގަވިންއިން ކޮންމެ މީހަކަށް ވެސް އެންމެ ބޭނުންވާ ގޮތަށް ގޭތެރެ ފަރުމާކޮށްދީ، ހުރިހާ އެއްޗެއް އެއް ތަނަކުން ލިބޭނެއެވެ. ގަވިންގެ ތިން ފިހާރު މާލެ ސަރަހައްދުގައި ހުރެއެވެ. އެއީ މަޖީދީމަގު، ކުރީގެ ސްޓާ ސިނަމާ ކުރިމަތީގައި ހުންނަ ގަވިން ޑެކޯ، ބޮޑުތަކުރުފާނު މަގުގައި ހުންނަ ގަވިން ބާޒާރު އަދި ހުޅުމާލޭ، ރީތިގަސް މަގުގައި ހުންނަ ގަވިން ޝޯރޫމް އެވެ. އެ ހުރިހާ ފިހާރައެއްވެސް ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ރޭގަނޑު 10:00އަށް ހުޅުވާފައި ހުންނާނެއެވެ. ގަވިންގެ ޚިދުމަތްތައް ހޯދުމަށް ގުޅޭނެ ނަންބަރުތަކަކީ: ގަވިން ޕްރޮޖެކްޓްގެ ޚިދުމަތް: 9348899 ގަވިން ޑެކޯ: 9588833 ހުޅުމާލެ ގަވިން: 9588899 ގަވިން ބާޒާރު: 9428899
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ