ރާއްޖޭގައި މި ހަފްތާ ބަންދުގައި ފަށަން ނިންމާފައި އޮތް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގެ ޝެޑިއުލް ވެސް ހަދާފައިވަނިކޮށް ފަހު ވަގުތުގައި ތުރުކުމެނިސްތާނުން މުބާރާތުގެ ވަކިވެއްޖެ އެވެ.
މުބާރާތް ރާއްޖޭގައި ހޯސްޓްކުރާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އޮފިޝަލަކު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ތުރުކުމެނިސްތާން އިން މުބާރާތުން ވަކިވިކަން އެންގީ، ވަރަށް ފަހުން ކަމަށާއި އެ ގޮތަށް އެ ޓީމުން ނިންމި ސަބަބަކީ އެ ގައުމުގެ ސަރުކާރުން ކަނޑައެޅި އުސޫލެއްގެ ސަބަބުން ކަމަށެވެ.
އެ ގޮތުން، ތުރުކުމެނިސްތާން ސަރުކާރުން ނިންމާފައިވަނީ، ގައުމުން ބޭރަށް އެ ގައުމުގެ އަންހެން ގައުމީ ޓީމުތައް ދިއުން މަޑުޖައްސާލުމަށް ކަމަށާއި އެއާ އެކު، މުބާރާތުން ވަކިވާން ޖެހުނީ ކަމަށެވެ.
ތުރުކުމެނިސްތާން މުބާރާތުން ވަކިވުމާ އެކު، ޝެޑިއުލަށް ގެންނަން ޖެހުނު ބަދަލާ އެކު، ހަތަރު ގައުމުގެ މުބާރާތަކަށް ބަދަލުވެ، ފަށާ ތާރީހު މި ވަނީ އަންނަ ހޮނިހިރު ދުވަހަށް ފަސްވެފަ އެވެ. އެ ގޮތުން، މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، ކިރްގިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ.
ރާއްޖޭން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި، އަންނަ ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ، އަފްގާނިސްތާނާ ކުޅޭއިރު، ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާނާ ބައްދަލުކުރާނީ ހޯމަ ދުވަހުގެރޭގަ އެވެ. އެ އަށް ފަހު ލީގު ބުރު ނިމޭއިރު، އެއް ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮންނާނީ، ސެމީ ފައިނަލެވެ. ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ނުކުންނާނީ ތިން ވަނައާ ދެކޮޅަށެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗު އޮންނާނީ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
ކާވާ ވިމެންސް ކަޕް އިން ތުރުކުމެނިސްތާން ވަކިވެއްޖެ ކާވާ ވިމެންސް ކަޕް އިން ތުރުކުމެނިސްތާން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ