މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ދެމީހުން ތިބި ކޮޓަރީން ފެނުނު 19،000 އަށްވުރެ ގިނަ ފައިސާއާ ހަވާލުވާން އެ ދެ މީހުން ވެސް ކޯޓުގައި ދެކޮޅު ހަދައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 43 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. އެ ދެމީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށެވެ.
ދެމީހުންވެސް ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވާއިރު، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، 43 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، 25 އަހަރުގެ މީހާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ.
ބަންދު އަމުރުގައިވާގޮތުން، އެ ދެމީހުން ތިބި ކޮޓަރީގައި ހުރި ގުޅިބުރިއެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި އެއް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އަދި ހައްޔަރުކުރި ތަނުގައި އެއީ އެމީހުންގެ ތަކެތި ކަމަށް އެ ދެމީހުން އިއުތިރާފުވެފައިވާ ކަމަށާ، ނަމަވެސް ކޯޓުގައި އެ ދެމީހުން ވެސް އެއީ އެމީހުންގެ އެއްޗެއް ނޫން ކަމަށް ބުނެ، ކުރިން ދީފައިވާ ބަޔާން ދޮގު ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވާ ވެއެވެ.
މީގެ އިތުރުން، ކޯޓުގައި ބުބެފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރި ކޮޓަރީގެ ޑްރެސިން ޓޭބަލް ދަށުން ޖުމްލަ 19،700 ރުފިޔާ ފެނިފައިވެއެވެ. އަދި، 25 އަހަރުގެ މީހާގެ ޖީބުގައި އޮތް ވޮލެޓުން ވެސް 2،400 ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ނަމަވެސް، ޑްރެސިން ޓޭބަލް ދަށުން ފެނުނު 19،700 ރުފިޔާއާ އެ ދެމީހުންގެ ތެރެއިން އެކަކުވެސް ހަވާލުވެފައިނުވާ ކަމަށް އައިއޯ ބުނިކަމަށް އަމުރުގައި ވެއެވެ.
ކޯޓުގައި 25 އަހަރުގެ މީހާ ވަނީ އެއީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އެތަނަށް ދިޔައީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށް ބުނެފައިވާ ކަމަށް އަމުރުގައި ވެއެވެ.
ދެމީހުން ހައްޔަރުކުރިއިރު ތިބި ކޮޓަރީގައި 19،000 ރުފިޔާ؛ އެކަކުވެސް ހަވާލެއް ނުވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ