ގާނާޗޯގެ ލަނޑުތަކާ އެކު ޗެލްސީ ލީގު ކަޕް ސެމީ އަށް ގާނާޗޯގެ ލަނޑުތަކާ އެކު ޗެލްސީ ލީގު ކަޕް ސެމީ އަށް

ކާޑިފް، ވޭލްސް (ޑިސެމްބަރު 17) - އަލެހަންދްރޯ ގާނާޗޯގެ ލަނޑުތަކާ އެކު، 3-1 އިން ކާޑިފް ސިޓީ ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް ޗެލްސީން ދަތުރުކޮށްފި އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ޗެލްސީން ލީޑުނެގީ މެޗުގެ 57 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ގާނާޗޯ ޖެހި ގޯލުންނެވެ.
ކާޑިފް އިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، މެޗުގެ 75 ވަނަ މިނިޓްގައި ލަނޑެއް ޖަހައި އެއްވަރުކުރި އެވެ. މިއީ، އޭރިއާތެރެއަށް ނަގައިިދިން ހުރަހަކުން ޑޭވިޑް ޓާންބުލް ޖެހި ގޯލަކުންނެވެ. މިއީ، ޕެރީ އެންޖީ ނެގި ހުރަހަކުން ޓާންބުލް ބޮލުން ޖެހި ގޯލެކެވެ.
ޗެލްސީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ 82 ވަނަ މިނިޓްގަ އެެވެ. މިއީ، ޗެލްސީގެ އަންދްރޭ ސަންޓޯސް ދިން ބޯޅައަކުން އޭރިއާތެރެއިން ޕެޑްރޯ ނެޓޯ ޖެހި ގޯލަކުންނެވެ. ނެޓޯ ތިިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ޗެލްސީ އަށް ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގައި ގާނާޗޯ އެވެ. މިއީ ނެޓޯ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގާނާޗޯ ޖެހި ގޯލެކެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި، މިރޭ މެންޗެސްޓާ ސިޓީން ބްރެންޓްފޯޑާ ކުޅޭއިރު، އެންމެ ފަހުގެ ޗެމްޕިއަން، ނިއުކާސަލް ޔުނައިޓެޑުން ފުލަމްއާ ބައްދަލުކުރާނެ އެވެ. އަދި، ކުއާޓާގެ ފަހު މެޗުގައި އަންނަ ހަފްތާގައި، އާސެނަލުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ