މާދަމާ ހަވީރު އުރީދޫގެ ފަން ރަން ކުޑަކުދިންގެ ހަވީރު ރޮބޯމޭން އާއެކު ބާއްވަނީ

މާދަމާ ހަވީރު އުރީދޫގެ ފަން ރަން ކުޑަކުދިންގެ ހަވީރު ރޮބޯމޭން އާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓެއް ކަމަށެވެ. އުރީދޫ އިން ބުނީ މި ހަރަކާތް ކުރިއަށްދާނީ 18 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ހޯދައިދެމުން ކަމަށާއި، އެގޮތުން މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވާކަމަށެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި އިވެންޓުގެ އެންމެ ހާއްސަ ކަމަކީ ކުޑަކުދިންގެ ފެވަރިޓެއް ކަމައްވާ ރޮބޯމޭން ގެ ހަރަކާތް ކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި އިވެންޓަކީ ހިލޭ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެއް ކަމަށެވެ.
މީގެއިތުރުން އުރީދޫ ފަންރަން މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ޝޯކުރިއަށްދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ހިމެނެއެވެ. އެގޮތުން ރާއްޖޭގައި ނަން މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ