ޕެރިސް (ޖޫން 22) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން، ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ޖެރެމީ ޑޯކޫ އަށް އަލަތު ދަރިއަކު ލިބޭތީވެ، އޭނާ ބެލްޖިއަމް ގައުމީ ޓީމު ކޭމްޕް ދޫކޮށް އާއިލާ އަށް ވަަގުތު ދޭން ނިންމުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކި، ފްރާންސްގެ ލެކިއުޕޭ މީޑިއާގެ ޕްރެޒެންޓަރު، ފްރާންސް ޕިއެރަން ސަސްޕެންޑްކޮށްފި އެވެ.
ޑޯކޫގެ އަނބިމީހާ ޝިރީން ވިހުމަށް ޑިއު ޑޭޓް ދީފައިވަނީ، އަންނަ މަހުގެ ދެ ވަނަ ހަފްތާ އަށެވެ. އެހާތަނަށް ޑޯކޫ ވަނީ އާއިލާ ކައިރިއަށް ދިއުމަށް ނިންމައިފަ އެވެ. އަދި، އޭރު ބެލްޖިއަމުން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަމުން އައި ނަމަވެސް ޓީމުގެ ކޭމްޕް ދޫކޮށްލާނެ ކަމަށް ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ޑޯކޫ ވަނީ ބުނެފަ އެވެ.
ޖުލައި މަހުގެ ތެރޭގައި ޑޯކޫ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާއިރު، ބެލްޖިއަމް މުބާރާތުގައި އޮތްނަމަ، އެ ޓީމުން ވާދަކުރަން ތައްޔާރުވާނީ ކުއާާޓާ ފައިނަލުގަ އެވެ.
ބެލްޖިއަމްގެ ތަރި ޖެރެމީ ޑޯކޫ އަށް އަލަތު ދަރިފުޅު ލިބޭތީ، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ދިމާވި ނަމަވެސް އާއިލާއަށް ވަގުތު ދިނުމަށްޓަކައި ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން އޭނާ ވަނީ ނިންމާފައި. ޑޯކޫގެ މި ނިންމުމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ގިނަ ބަޔަކު ދަނީ އޭނާގެ އެ ނިންމުމަށް ތާއީދުކޮށް އިހުތިރާމް ކުރަމުން.
ފްރާންސްގެ ލެކިއުޕޭގެ ޕްރެޒެންޓަރު، ފްރާންސް ޕިއޭރަން ވަނީ، ޑޯކޫގެ މި ނިންމުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބުނެ، ދަރިއަކު ލިބޭ ވަގުތު ބައްޕައަކު ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެފަ އެވެ.
އެ ގޮތުން، ޕިއެރަން ބުނެފައިވަނީ، ދަރިއަކު ލިބޭ ވަގުތުގައި، ބައްޕަ އެއް ކައިރީގައި ހުރެ ވެސް ކުރެވޭނެ މާ ބޮޑު ކަމެއް އޮންނާނެ ކަމަށް ނުފެންނަ ކަމަށެވެ.
ޕިއޭރަންގެ މި ވާހަކައާ ގުޅިގެން އޭނާ އަށް ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޕިއެރަން އަށް ފާޑުކިޔަމުންދާއިރު، ގިނަ ބަޔަކު ބުނެފައިވަނީ، ކުޅުންތެރިންގެ ވެސް ޒާތީ ދިރިއުޅުމެއް އޮންނާނެ ކަމަށާއި އެ އަށް އިހުތިރާމް ނުކުރެވޭނަމަ އެ ވާހަކަތައް ނުދެއްކުން ބުއްދިވެރިވާނެ ކަމަށެވެ.
ވޯލްޑް ކަޕްގައި ބެލްޖިއަމުން ކުޅުނު ދެ ވަނަ މެޗުގައި ޑޯކޫ ނުކުޅެ އެވެ. އެ ގޮތުން، ރޭ ބެލްޖިއަމުން އިރާނާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުވި މެޗުގައި ޑޯކޫ އަށް ނުކުޅެވުނީ ބަލިވެ އުޅޭތީ ކަމަށް އެ ޓީމުގެ ކޯޗު، ރުޑީ ގާސިއާ ވަނީ ބުނެފަ އެވެ.
ޑޯކޫގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ދެއްކި ޕްރެޒެންޓަރު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ