ވިލާ ކޮލެޖުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮލެޖުގެ އިންޓޭކްގައި ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކާ ހަމައަށް 100 އަށް ވުރެ ގިނަ ކޯހަށް ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އިންޓޭކުގައި ބައިވެރިވުމަށް ވިލާ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
ވަޒީފާގެ ބާޒާރަށް ބޭނުންތެރި ގިނަ ކޯސްތަކަކަށް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.
ވިލާ ކޮލެޖުގައި ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި ރިސާޗާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތާއި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިނާއި ހެލްތު ސާވިސަސް މެނޭޖްމަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ފާހަގަކޮށްލެވެ އެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ ޕޯޓްސްމޯތު ޔުނިވާސިޓީން ވެލިޑޭޓުކޮށް ހިންގާ ކޯސްތަކެކެވެ. އެ ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތު ޔުނިވާސިޓީ އަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ޑިގްރީގެ ފަހު އަހަރު ބައިވެރިވެވޭނެ އެވެ.
ވިލާ ކޮލެޖުގެ ކިޔެވުން ފަރުމާކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރު ވެފައިވާ ބަޔަކަށް ހެދުމަށެވެ.
އެ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި އިންޓާންޝިޕާއި އެކްސްޓާންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގާ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އެ ނިޒާމުގެ ސަބަބުން ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ އަދި ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖަކީ ދަރިވަރުންނަށް ބޭނުންވާ އިތުރު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކޮލެޖެކެވެ. އެ ކޮލެޖުން ދަރިވަރުންނަށް އެކަޑަމިކް ރައިޓިން އާއި ރެފަރެންސިން އާއި އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް އާއި ސްޓަޑީ ސްކިލްސް ވޯކްޝޮޕްތަކާއި ޑިސަޓޭޝަން ސަޕޯޓާއި ޕިއާ-އެސިސްޓެޑް ލާނިން އަދި ވީ-ކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަރު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މިއީ އޮންލައިންކޮށް އަދި ފޭސްޓުފޭސްކޮށް ވެސް އެ ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކެކެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަކީ ވަޒީފާތަކުގައި އުޅެމުން ވެސް ކިޔެވޭނެ ގޮތަށް ފްލެކްސިބިލިޓީއާ އެކު ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުގައި އިންޖިނިއަރިން އާއި ޓީޗިން އާއި ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ކޯހެއް އޮންލައިންކޮށް ކިޔެވޭނެ އެވެ.
ވިލާ ކޮލެޖުގެ
ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖަށް ގުޅައިގެން ނުވަތަ ކެމްޕަހަށް ޒިޔާރަތް ކުރުމުން ކެރިއާ ގައިޑެންސްގެ ފުރުސަތު ލިބޭނެ އެވެ.
ވިލާ ކޮލެޖުން 100 އަށް ވުރެ ގިނަ ކޯހަށް ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ