ތާރު އަޅަން ފަށާތީ، ކާނިވާ ކައިރިން ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ބުދަ ދުވަހު ތާރު އަޅަން ފަށާތީ، ކާނިވާ ކައިރިން ފެށިގެން ހެންވޭރު ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން އަންގައިފި އެވެ. 
ފުލުހުން މިއަދު ބުނީ މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އަޅަން ކަނޑައަޅާފައިވާ ސަރަަހައްދު ބަންދުވާނެ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ޕާކު ނުކުރުމަށް އަންގައި ފުލުހުން ބުނީ އެތަނުގައި ޕާކުކުރާ އުޅަނދުތައް ނަގާނެ ކަމަށެވެ.
އެކަމުގައި ދިމާވެދާނެ ދަތިތަކަށް ވެސް ފުލުހުން މާފަށް އެދިފައިވެ އެވެ. 
ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރަން ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ.
އެހެންވެ މަގު ބަންދުކުރި ފަހުން ބައެއް މީހުން ގެންދަނީ ހެންވޭރު ޓާމިނަލާ ދިމާލުން ކާނިވާ ކައިރީ މަގުގައި ވެހިކަލްތައް ޕާކުކުރަމުންނެވެ. 
އެމްޓީސީސީން ބުނި ގޮތުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާއިރު އެ މަސައްކަތް ކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. ބާކީ ބައިގައި މަސައްކަތް ފަށާނީ ފުރަތަމަ ބައިގައި ތާރު އަޅާ ނިންމައިފަ އެވެ. 
ބޮޑުތަކުރުފާނު މަގު ތާރު އެޅުމުގެ މަސައްކަތް ފެށީ ވެސް ހެންވޭރު ޓާމިނަލާ ދިމާލުންނެވެ. 
ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވިޔަސް އެ ޕާކިން ޒޯނުގައި ވެހިކަލް ޕާކުކުރެވޭނެ އެވެ. 
The most trusted news source in the Maldives
އެ މަގު ހެދުމުގެ މަސައްކަތާ ގުޅިގެން މިދިޔަ ހޯމަ ދުވަހު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް ވިދާޅުވީ އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ޖުލައި 26 ގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. 
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނާއި މައި ފެން ހޮޅިލުމުގެ މަސައްކަތާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ