ޗައިނާގެ ގުޅުމުގެ އާ ބާބެއް ފަށަން ރައީސް މުއިއްޒު އާއި ޝީ އެއްބަސްވެއްޖެ

ޗައިނާއަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެ މަނިކުފާނު ބައްދަލުކުރައްވައި ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތައް ބާއްވަވައިފި އެވެ.
ވީ ކިހިނެއް؟ - ދެ ލީޑަރުން ބައްދަލުކުރެއްވީ ޝީގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން(އެސްސީއޯ) ސަމިޓުގައި ބައިވެރިވުމަށް އެމަނިކުފާނު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގަ އެވެ. 
ތަފްސީލް - ރައީސް މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ޝީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ: 
ދެގައުމުގެ މެދުގައި ކުރިއަށްދާ އެކިއެކި މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން 
މިހާރު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި
ރައީސް މުއިއްޒުގެ ޕޯސްޓްގައި ޗައިނާގެ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވެފައި ވަނީ ދެގައުމުގެ ތަރައްގީގެ ހަރުދަނާ ގުޅުން ބިނާވެފައިވަނީ އެތައް ދުވަހެއްގެ ގާތް ރަހުމަތްތެރިކަމާއި ހެޔޮ އެދުމުގެ މައްޗަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ