އޮގަސްޓް 1، އިން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަހައްދު ބޮޑުކޮށް، އެތަން ބޭނުންކުރާ ހުރިހާ އުޅަނދުފަހަރެއް ވެސް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މާލޭ ނޯތު ހާބަރު ސަރަހައްދު މިހާރު ވަނީ ބަނދަރާ އިންވެގެން އޮތް ސަރަހައްދުން ފެށިގެން ލޯކަލް މަސް މާރުކޭޓާ ހަމައަށް ބޮޑުކޮށްފައި ކަމަށެވެ.
އެމްޕީއެލް އިން ބުނީ އެ ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ޖެހޭނީ މާލޭ ނޯތު ހާބަރުގައި ކަމަށެވެ. އެގޮތުން އޮގަސްޓް 1، އިން ފެށިގެން އެތަނުން ހިދުމަތް ލިބޭނީ ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން އެމްޕީއެލް އިން ސެޕްޓެމްބަރު 1، އިން ފެށިގެން އާ ސަރަހައްދުގައި ވެސް ހިދުމަތް ދޭނީ މާލޭ ނޯތު ހާބަރުގެ ރަސްމީ އުސޫލުތަކާއި ޓެރިފްތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް މާލެ ނޯތު ހާބަރު އޮޕަރޭޝަންގެ ނަންބަރު 3006545 އަށް ގުޅުމަށް އެމްޕީއެލްއިން އެދެ އެވެ.
ނޯތު ހާބަރު ބޮޑުކޮށް، ރަޖިސްޓްރީ ކޮށްގެން މެނުވީ ބޭނުން ނުކުރެވޭ ގޮތް ހަދަނީ ނޯތު ހާބަރު ބޮޑުކޮށް، ރަޖިސްޓްރީ ކޮށްގެން މެނުވީ ބޭނުން ނުކުރެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ