ފަހު ކޮންޖަރިން ފިލްމްގެ ޓްރެއިލަރު އާންމުކޮށްފި
މިހާތަނަށް މި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒް "ދަ ކޮންޖަރިން"ގެ ހަތަރުވަނަ އަދި އެންމެ ފަހު ބައިގެ ޓްރެއިލަރު އާންމުކޮށްފިއެވެ. ޕެޓްރިކް ވިލްސަންއާއި ވެރާ ފާމިގާ ލީޑުން ފެނިގެންދާ އާ ފިލްމަށް ކިޔާނީ "ކޮންޖަރިން: ދަ ލާސްޓް ރައިޓްސް" އެވެ. އަންނަ މަހުގެ ފަހެއްގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ޓްރެއިލަރުން އެތައް ބައެއްގެ ސަމާލުކަން ވަނީ ފިލްމަށް އަނބުރާ އައިސްފައެވެ. ފިލްމުގެ ޓްރެއިލަރުންވެސް ވަނީ ބިރުގަންނުވާލާ އެތައް މަންޒަރުތަކެއް ފެނިގެން ގޮސްފައެވެ. މި ފްރެންޗައިޒް އެންމެ ފުރަތަމަ މަގުބޫލުވާން މެދުވެރިވި ސަބަބު މި ޓްރެއިލަރުން އެނގިގެން ގޮސްފައިވެއެވެ. އަދި, އަލަށް ނެރޭ ފިލްމާ ފުރަތަމަ ފިލްމާ ގުޅުވާލާނެ ކަމަށް ޓްްރެއިލަރުން ފެނިގެންގޮސްފައިވެއެވެ. އެމެރިކާގެ ސުޕަނެޗުރަލް އެކްސްޕާޓުން ކަމަށްވާ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ ކޮންޖަރިން ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޮންޖަރިންގެ ފުރަތަމަ ފިލްމުން ފެށިގެން އޭގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ރޯލު އަދާކުރަމުން އަންނަނީ ބިރުވެރި ފިލްމުތައް އުފެއްދުމަށް މަގުބޫލު ޑައިރެކްޓަރު ޖޭމްސް ވާންއެވެ. މިހާތަނަށް މި ފްރެންޗައިޒްގެ ތިން ފިލްމެއް ނެރެފައިވާއިރު އެންމެ ފަހުން ފިލްމެއް ނެރުނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު ފިލްމަށް ކިޔަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ހާދިސާއަކަށް ބިނާކޮށް ތައްޔާރު ކުރި ފިލްމެކެވެ. މި ފިލްމުގެ ހާދިސާތަކަކީ އެމެރިކާގައި ފުރަތަމަ ފަހަރަށް ރޫހާނީ ބާރުތަކާ ގުޅޭ މައްސަލައަކާ ގުޅިގެން ކޯޓެއްގައި އެކަމަށް އާ އިއްވުމެއް ކަނޑައެޅުމާ ގުޅިގެން އެކަމަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ