ހިނިތުންވުމަކީ ކުރަންޖެހޭ ކަމެއް! ބާރަށް ހުނުމަކީ ހިތްމަރުވެ ހިތުގަ ހާލިހަދަން ޝައިޠޯނާއަށް ފުރުޞަތުފަހިވާ ބޮޑު ނުރައްކަލެއް!

އަޅުގަނޑަކީ ވަރަށް ބާރަށް ހެވޭ މީހެކެވެ. ކިރިޔާ ކަމެއްވާއިރަށްވެސް ބާރަށް ހީނގަނެވެއެވެ. އެކަމާ މަންމަ ވަރަށް ރުޅިއާދެއެވެ. ތިއަ ފައިބަނީ ނަރަކައިގެ އަޑިއަށް ކަމަށް ބުނެއެވެ. އެއީ ތެދެއްތޯ؟  
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެނގިގެން ނަމަވެސް ނުއެނގިހުރެ ނަމަވެސް މަންމައަށް އެބުނެވޭ ބަހުގައި ބުރަދަނެއް އެބައޮތެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  
ކުރީ ޒަމާނުގައި ބާރަށް ހުނުމުގެ ހުރި ނުބައިކަން ބަޔާންކޮށްދޭން އެއީ ޝައިޠޯނާ އުފަލުން ނަށައިގަންނަ ކަމެއް ކަމަށާއި ބާރަށް ހީނގަތުމުން އެމީހަކަށް އެދި ނަރަކަ ގޮވާނެކަމަށް ބުނެއުޅުނެވެ. މިފަދަ ބަސްތައް ބުނެ އުޅުނީ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ވިސްނައި ދިނުމަށެވެ.  
ޙަދީޘްފުޅުތައް ބަލާށެވެ! ބާރަށް ނުހުނުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ގަދައަށް އިންޒާރު ދެއްވަވައިފައެވެ. އަދި ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެއް ކަމުގައިވެސް ވަނީ ޙަދީޘް ކުރައްވަވައިފައެވެ.  
There can be no doubt that laughing too much has an effect on the Muslim’s heart and distracts him from thinking deeply and fearing Allaah. The Messenger (peace and blessings of Allaah be upon him) warned us against laughing too much, and told us of the danger it poses to the heart when he said: “Do not laugh too much, for laughing deadens the heart.”
Narrated by al-Tirmidhi, 2305; Ibn Maajah, 4193.  
ބާރަށް ހޭނަމަ ފުރުޞަތުގެ ބޭނުން ހިފައި ޝައިޠޯނާ އެމީހެއްގެ ހިތުގެ ތެރެއަށް ދެމިގަންނާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ އެއް ސަބަބަކީ މިޙަދީޘްފުޅެވެ. ހިތް މަރުވެ ދިރުން ނެތިއްޖެނަމަ ޝައިޠޯނާއަށް އެހިތުގައި ހާލިހަދަން ފަސޭހަވެގެންދާނެތީއެވެ. 
އަދިވެސް ވިސްނައިލާށެވެ! 
The Prophet (peace and blessings of Allah be upon him) said: “Woe to the one who tells lies to make people laugh, woe to him.”
(Narrated by Abu Dawood).  
ޙަދީޘްފުޅުން އެނގިގެން މިދަނީ މީހުން ހެއްވުމަށްޓަކައި ދޮގުބުނާ މީހުންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ލަޢްނަތް ލައްވަވާފައިވާ ކަމެވެ. މި ޙަދީޘްފުޅުންވެސް އެނގިގެންދަނީ ގަދައަށް ހުނުމުގެ ހުރި ނުބައިކަމާއި އެކަން ކުރުވުމުގެ ނުބައިކަމެވެ.  
އިމާމް އަޙްމަދު ބަސްފުޅެއްގައި ވެއެވެ. "މީހުން ގަދައަށް ހެއްވާ މީހާ އެކަންކުރި ނިޞްބަތަކުން ނަރަކައިގެ އަޑިއަށް ވެއްޓިގެންދާނެއެވެ." ވީމާ އިމާމް އަހްމަދުގެ މި ބަސްފުޅާއި ވާހަކަ ފަށަމުން ބުނި ބަހާއި ގުޅިގެން އެބަދެއެވެ.  
ކޮންމެއަކަސް އަހުރެމެންގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠޯނާއެވެ. އޭތި އަބަދުވެސް ހުންނާނީ އަހުރެމެންގެ ހިތުގެ ތެރެއަށް ބާރުގަދަކޮށްލާނެ ފުރުޞަތުތަކަށް ބަލަބަލައެވެ. ގިނައިން ހީނ މަޖާކުރާ ތަކުގައި ޝައިޠޯނުން ބައިވެރިވެ އިތުރަށް އެކަންކަން ކުރަންހިތްވަރުދޭނެއެވެ.  
ވީމާ އޮފީހަށްދިއަނަމަވެސް، ބާޒާރަށް ދިއަ ނަމަވެސް، އަދި އެކުވެރިންނާއިއެކު ތަނަކަސް ދިއަނަމަވެސް ކިޔަން ޖެހޭ ޛިކުރުތައް ކިޔައިގެން ދާން ހަނދާންކުރާށެވެ. އެއިރުން ބައަކު އެފަދަ ކަމެއް ކުރިނަމަވެސް ތިބާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ އަދި އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ އެފަދަ މަޖިލިސްތަކުގައި ބައިވެރިނުވުމެވެ.  
މިއީ މިއަދު އެކަކު އަނެކަކަށް އެހީތެރިވެ ހޭލުންތެރިކުރުވަން ޖެހިފައިވާ އެއަކންތަކެވެ. މިފަދަ ނުބައި އާދަތައް ހުންނަ އެކުވެރިންނަށް ވިސްނައިދީ ހޭލުންތެރިކުރުވަން މަސައްކަތްކުރާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ