އެމްއެމްއޭއިން އިސްލާމިކް ފައިނޭންސިންގެ ސްކޮލަޝިޕްތަކެއް ހުޅުވާލައިފި

މަރުކަޒީ ބޭންކު އެމްއެމްއޭއިން އިސްލާމިކް ފައިނޭންސްއާ ގުޅޭ ސްކޮލަޝިޕްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އެމްއެމްއޭއިން އެ ސްކޮލަޝިޕްތަކަށް ހުޅުވައިލާފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިފުތިތާހުކުރި އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުންނެވެ. އެމްއެމްއޭއިން ބުނީ، އެ ސްކޮލަޝިޕަކީ މިދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ. މިއީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަންއިން އިސްލާމިކް ފައިނޭންސް (އިންސެފް)އާއި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ހުޅުވާލި ފުރުސަތުތަކެކެވެ. އޭގެއިތުރުން، މެލެޝިއާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވާސިޓީއަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި ދިރާސާ ކުރުމަށް ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެއްކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. ޔޫއައިއެސްއަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެކެވެ. https://x.com/MMA_Maldives/status/1940111476578296154 އެގޮތުން ކުރިމަތިލާން ހުޅުވާލީ: އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓަސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގެ ފުލީ ފަންޑެޑް ފަސް ފުރުސަތާއި 50 ޕަސެންޓު ޕާޝަލީ ފަންޑެޑް ފަސް ފުރުސަތަށް އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓަސް އިން އިސްލާމިކް ފައިނޭންސް އިން މައިކްރޯ ސެޓިފިކޭޝަންގެ ފަސް ފުރުސަތު. ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯގެ 20 ފުރުސަތު މި ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް އެމްއެމްއޭގެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ. މި ކޯސްތަކަށް ކުރިމަތިލާން ޖެހެނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. މި ލިންކު އެމްއެމްއޭގެ ވެބަސައިޓު މެދުވެރިކޮށް ލިބޭނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުން ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ. އުންމީދަކީ މި އިނީޝިއޭޓިވްގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހުނަރުވެރިންތަކެއް އުފައްދައި ދާއިރާއަށް އަންނަމުންދާ މާލީ ކުރިއެރުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ދާއިރާއަށް އަހުލުވެރިވެވޭނެ ގާބިލް މީހުން ބިނާކުރުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ