ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާންޖެހޭ މީހުންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލައަށް ރައީސް ޑރ. މުޢިއްޒު ބޮޑު ޙައްލެއް ހޯއްދަވައި ދެއްވައިފި!

މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، މިފެށޭ އޮގްސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށާއި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މިފަދަ ޢިނާޔަތެއް ހަމަޖއްސަވައިދެއްވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ. 
އަމިއްލަ ގޮތުންނާއި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންނަށް މިހާރު ލިބެނީ 500 ޑޮލަރެވެ. އެއިގެ އިތުރުން އެކުގައި ދަތުރުކުރާ މީހުންނަށް ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ބީއެމްއެލް މެދުވެރިކޮށް މިހާރުވެސް ލިބެއެވެ. އެހެންކަމުން ރައީސް ޑރ. މުޢިއްޒު ހަމަޖައްސަވައި ދެއްވި މިޢިނާޔަތާއިއެކު ބޮޑުއަގުގައި ޑޮލަރު ގަންނަން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެއެވެ. 
ރާއްޖެއިން ފަރުވާ ލިބެންނެތް ބަލިމީހުންނަށް އާސަންދައާއި އެންސްޕާގެ ޚިދުމަތް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެކަމަށް ސަރުކާރުން ގެންދަނީ މިހާރުވެސް ބޮޑުހޭދައެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ