ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އަދި ދިމާވި މައްސަލަ ދެނެގަނެ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިއުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ