ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް އައްޔަނުކުރި، ބޭންކިން ދާއިރާއިން ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އަށް މަޖިލީހުން ރުހުން ދީފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އޭނާއަށް ރުހުން ދިނުމަށް 47 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާއަށް ރުހުން ނުދޭން ވޯޓު ދިނީ 10 މެންބަރުންނެވެ.
EE YU PRIVATE LIMITED
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
ޕީސީބީއަށް އައްޔަންކުރި ޒައިނާ މިހާރު ވަޒީފާ އަދާކުރަމުން ދަނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގަ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް މެންބަރުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ ޒިންމާ އުފުލާ އިދާރާ އެވެ.
ޕީސީބީގެ ބޯޑަށް އައްޔަނުކުރި ޒައިނާއަށް ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ