ކާޑަށް މާފުދޭނަމަ ހާން އެދުނީ 2002 ވަނަ އަހަރު ބަލަކް އަށް ދެއްކި ކާޑު ބަދަލުކުރަން

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - ފީފާ އިން މެޗުތަކުގައި ދައްކާ ކާޑާ ގުޅިގެން އަންނަ ސަސްޕެންޝަންތަކަށް ބަދަލު ގެންނަ ނަމަ މީގެ 24 އަހަރު ކުރިން މައިކަލް ބަލަކް އަށް ދެއްކި ރީނދޫ ކާޑުގެ ކަންކަން ބަދަލުކޮށްދޭން އެދޭ ކަމަށް ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، އޮލިވާ ހާން ބުނެފި އެވެ. 
ހާން، މިހެން ބުނެފައިވަނީ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ލުއިދޭން ފީފާ އިން ނިންމުމާ ގުޅިގެންނެވެ.
MGH Group of Companies
MGH Group of Companies
EE YU PRIVATE LIMITED
THE BAKERS PVT LTD
MU STORE
ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ފީފާ އިން ލުއިދިނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ރަތް ކާޑުގެ ކަންކަން ރިވިއު ކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ އަށް ގުޅާފައި އެދުމުން ކަމަށް މީޑިއާގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 
ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކޮރެއާ އަތުން 1-0 އިން ޖަރުމަނު މޮޅުވީ ބަލަކް ޖެހި ގޯލުންނެވެ. އެކަމަކު، އެ މެޗުގައި ބަލަކަށް ދެއްކި ރީނދޫ ކާޑާ އެކު، ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ސަސްޕެންޑްވި އެވެ. ފައިނަލުގައި، ބްރެޒިލް އަތުން ޖަރުމަނު ބަލިވީ 2-0 އިންނެވެ. 
އެ ކަންކަމަށް އިޝާރާތްކޮށް، މަޖާޒީ ގޮތަކަށް ހާން ބުނީ، ފުޓްބޯޅައިގެ ތާރީހުގެ ކަންކަން އަލުން. ލިޔާނަމަ ކުޑަ ހިޔާލެއް އެބައޮތް ކަމަށެވެ. 
"އަހަރެން އެދެން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބަލަކަށް ދެއްކި ރީނދޫ ކާޑު ބަދަލުކުރަން. އެއީ، އެ ސަބަބާ ހުރެ އޭނާ އަށް ފައިނަލުގައި ނުކުޅެވުނީ، ދެން، މިކަމުގެ ތެރޭގައި އުޅޭތީއާ އެކު، އަހަރެމެންނަށް އެ ފަހަރު ބްރެޒިލާ ދެކޮޅަށް ކުޅުނު ފައިނަލްގެ ރީޕްލޭ އެއް ކުޅެލަން ލިބިދާނެ،" ހާން ބުންޏެވެ. 
ބްރެޒިލުން މީގެ ސައުވީސް އަހަރު ކުރިން، އެ ޓީމުގެ ފަސް ވަނަ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފައިނަލުގައި، ހާން އަތުން ހެދުނު ގޯހަކުން ބްރެޒިލުން ވަނީ ލަނޑު ޖަހައިފަ އެވެ. ހާން ވަނީ، އަލުން އެ ފައިނަލް ކުޅެލަން ލިބިއްޖެނަމަ ބަދަލުކުރާނެ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ