ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ވައިޓް އެލާޓެއް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ވައިޓް އެލާޓް ނެރިފައި މިއަދު މެދުރު ފަހު 3:30 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ގަނޑިއަކު 10 މޭލާ 20 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ވިލާގަނޑުގައި ގަނ ޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ