"ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކޮށް ދިނުމުގެ މަޝްރޫއު"ގެ ދަށުން މިހާރު ފެނަކަ ކޯޕަރޭޝަނުން ރާއްޖެ އަށް ގެނެސްފައިވާ 77 ޖަނަރޭޓަރު ރަށްރަށަށް ފޮނުވުމުން ރަށްރަށުން ކަރަންޓު ކަނޑައިގެންދާ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ އަށް ގެނެސްފައިވާ 77 ޖަނަރޭޓަރާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އެ ކުންފުނީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ މިޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފެށިގެންދާނެ ކަމަށެވެ.
ނިމާލް ވިދާޅުވީ، ރަށްރަށުން ކަރަންޓް ކަނޑައިގެންދަނީ ސިސްޓަމްތައް އޯވާ ހޯލް ކުރަން ނިއްވައިނުލެވޭތީ ކަމަށާއި، މި ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުން މިހާރު ހުރި ސިސްޓަމްތައް އޯވާހޯލް ކުރުމަށް ވަގުތު ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ހުރި ކަރަންޓު ވިއުގައަށް އެއްވެސް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއް ދިމާވެއްޖެނަމަ، އަލަށް އިތުރުކުރެވޭ ޖަނަރޭޓަރުތަކުގެ ސަބަބުން ކަރަންޓު ނުކެނޑި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައި ނިމާލް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މީޑިޔާ އޮފިސަރު ފާތިމަތު ރާޔާ ވިދާޅުވީ މި ޖެނެރޭޓަރުތައް 22 ދުވަހުގެ ތެރޭގައި އެރަށެއްގެ ކަރަންޓު ވިއުގައަށް ގުޅާލެވި ދެ މަސްދުވަހުގެ ތެރޭގައި ފުރިހަމައަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނެވެ.
24 ގަޑިއިރު ކަރަންޓު ޔަޤީންކަމާ އެކު ދިނުމުގެ މަޝްރޫޢު ކާމިޔާބު ވުމާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ